ކުރީގެ މެންބަރު ޖަމީލް އުސްމާން
ކުރީގެ މެންބަރު ޖަމީލް އުސްމާން
މޯލްޑިވްސް އެއަރޕޯރޓްސް ކޮމްޕެނީގެ ޑިރެކްޓަރުންގެ ބޯޑަށް، ޖަމީލްް އުސްމާން އައްޔަނު ކޮށްފިއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ބުނީ، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޑެޓް، އެމްއޭސީއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަގާމަށް، ހުޅުމާލެ ގޯތި ނަންބަރ 10718 އޯކިޑްހިޔާ، ޖަމީލް އުސްމާން އައްޔަނު ކޮށްފައިވާ ކަމަށެވެ.

އެމްއޭސީއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަގާމަށް، އައްޔަނުކުރެއްވި ޖަމީލް އުސްމާނަކީ 18 ވަނަ މަޖިލީހުގައި ގެމަނަފުށީ ދާއިރާގެ މެންބަރެވެ.

އެމްއޭސީއެލްގެ ބޯޑުގައި މި ވަގުތު ތިބީ 8 މެމްބަރުންނެވެ. އެއީ ޗެއާޕާސަން އައިޝާ ނޫރައިން ޖަނާހް އާއި، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދާއި، ސަހާ ވަހީދާއި، އިބްރާހިމް ސިޔާދު ގާސިމާއި، މުހައްމަދު މިހާދާއި، އިބްރާހިމް މަހުދީ، އަދި މުޖުތަބާ ލަތީފްއެވެ.

އެ ކުންފުނިން ދާދި ފަހުން ވަނީ ބޯޑުގެ މެމްބަރުންގެ އަދަދު 7 އިން 9 އަށް އިތުރުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް