ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޢަފޫރު މޫސާ
ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޢަފޫރު މޫސާ
ކުރިއަށް އޮތް އަހަރަކީ ހުރިހާ ގޮތަކުން ވެސް ރައްޔިތުންނަށް އިންތިހާއަށް ބުރަ އާއި ތަކުލީފާ ކުރިމަތިލާން ޖެހޭނެ އަހަރެއް ކަމަށް ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޢަފޫރު މޫސާ ވިދާޅުވެއްޖެއެވެ.

ޣައްފޫރު މިހެން ވިދާޅުވެފައި ވަނީ އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓު ދިރާސާކޮށް ބަޖެޓު ކޮމިޓީން އެކުލަވާލި ރިޕޯޓަށް ބަހުސް ކުރައްވަމުންނެވެ.

މި ރިޕޯޓަށް ބަހުސް ކުރައްވަމުން ޣަފޫރު ވަނީ ސަރުކާރުގެ އިގުތިސޯދީ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އެގޮތުން ޣަފޫރު ވިދާޅުވީ ސަރުކާރަކީ މުޅި ދައުލަތުގައި އެންމެ ބޮޑަށް ރައްޔިތުންނަށް ވަޒީފާ ދޭ ތަންތަނަށް ވެގެން ތަންތަނުގެ ޖޯލިފަތި ފުރިޔަކަސް އެ ހިންގެނީ އިގުތިސޯދީ ހަރަކާތެއް ނޫން ކަމަށެވެ. އެގޮތަށް ވަޒީފާ ދިނުމަކީ ރައްޔިތުންގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށް ވައްކަން ކުރުން ކަމުގައި އޭނާ ވަނީ ވިދާޅުވެފައެވެ.

"ފެނަކައިގެ ޖޯލިފަތި ފުރައިގެން އިގުތިސޯދީ ހަރަކާތެއް ކުރިއަށްނުދާނެ. އެކަންކަން ރަނގަޅު ކުރަން ޖެހޭ،" ޣަފޫރު ވިދާޅުވިއެވެ.

ޢަފޫރު ވިދާޅުވީ ރައްޔިތުން ތިބީ ދަތި ހާލުގައި ކަމަށާއި ރައްޔިތުންގެ ފުދުންތެރިކަން ހުރީ ދުވަހަކު ވެސް ނުދާހާ ދަށް ފެންވަރެއްގައި ކަމަށެވެ. އަދި ތަރައްގީގެ އެއްވެސް ކަމެއް ނުހިނގާ ކަމަށާއި ހުރިހާ ކަމެއް އިބިލީހުގެ ކައިވެންޏަށް ވަމުންދާ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ބީލަމަށް ނުލައި 206 ޕްރޮޖެކްޓު ބަހާލުމަށް ހިންގި ބޮޑު ހިޔާނާތުގެ ވާހަކަ ވެސް މި ސަރުކާރުން ހުށަހެޅި އެއްވެސް ބަޖެޓަކުން ފެންނަން ނެތް ކަމަށް ޣަފޫރު ވަނީ ވިދާޅުވެފައެވެ.

"ސަރުކާރު ހިންގުމުގައި ލަދު ހަޔާތް ކެނޑުނީމައި ރައްޔިތުންނަށް ވާނެ ގޮތް ވިސްނަވާ. ރޯމާދުވާލު ވައްކަމުގެ ބޮޑެތި ސިލްސިލާތަކެއް ހިންގަމުން ދަނީ. އެހެނެއް ނޫން ކަންކަން ކުރަން ޖެހެނީ. އުފެދުމުގައި ވެސް ވައްކަން، ދެން ވެސް އޮތީ ވައްކަން، ކުރިއަށް އޮތީ ވެސް ވައްކަން،" ޣަފޫރު ވިދާޅުވި އެވެ.

މީގެ އިތުރުން ޣަފޫރު ވިދާޅުވީ ދައުލަތުގެ ހުރިހާ މުއައްސަސާއެއްގެ ފޫވެއްޓިފައިވާ ކަމަށާއި ކުރިއަށް އޮތް އަހަރަކީ ރައްޔިތުންނަށް އިންތިހާއަށް ބުރަ އާއި ތަކުލީފާ ކުރިމަތިލާން ޖެހޭނެ އަހަރެއް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް