މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މީޑިއާގެ ބިލާ ގުޅޭ ގޮތުން ބޭއްވި ބައްދަލުވުމެއްގައި ހިނގި ހަމަނުޖެހުމުގައި މައިކް ހަލާކުކޮށްލުން-
މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މީޑިއާގެ ބިލާ ގުޅޭ ގޮތުން ބޭއްވި ބައްދަލުވުމެއްގައި ހިނގި ހަމަނުޖެހުމުގައި މައިކް ހަލާކުކޮށްލުން-
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި އަދި މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ބޭއްވި ބައްދަލުވުމެއްގައި މައިކަށް ގެއްލުންދިން މައްސަލާގައި ހަތަރު މެންބަރަކަށް ފިޔަވަޅު އަޅަން މަޖިލީހުގެ ސުލޫކީ ކޮމިޓީން ނިންމައިފިއެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މީޑިއާގެ ބިލާ ގުޅޭ ގޮތުން ބޭއްވި ބައްދަލުވުމެއްގައި، މެމްބަރުންގެ މެދުގައި ހިނގި ހަމަނުޖެހުންތަކުގައި މައިކްރޮފޯނަކަށާއި ދެ މައިކްރޮފޯނުގެ ބޭސްއަށް ވަނީ ގެއްލުންވެފައެވެ.

މި މައްސަލާގައި ކޮމިޓީން މިއަދު ނިންމީ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރާއި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން އިމްރާން އަދި ތޮއްޑޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ސަމީރަށް ފިޔަވަޅު އަޅަންށެވެ.

އެ މައިކް ސިސްޓަމްގެ އަގަކީ 34،800 ރުފިޔާ ކަމުން ކޮމިޓީން ނިންމާފައިވަނީ ތިން މެންބަރުންނަށް ބަހާލައިގެން އެ އަގު މަޖިލީހަށް ދެއްކުމަށް ތިން މެންބަރުންނަށް އެންގުމަށެވެ.

އެ ތިން މެންބަރުންގެ އިތުރުން ދެން ފިޔަވަޅު އަޅަން ނިންމީ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދަށެވެ. އޭނާއަށް ފިޔަވަޅު އަޅަން ނިންމީ މަޖިލީހުގެ ޖަލްސާއެއްގައި މައިކަށް ގެއްލުންދިން މައްސަލައެއްގައެވެ. އެހެންކަމުން އެ މައިކްގެ އަގަށްވާ 3،000 ރުފިޔާ ދައްކަން ޝަމްހީދަށް އަންގަން ކޮމިޓީން ވަނީ ނިންމާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް