އަތޮޅު ކައުންސިލްތައް އުވާލަން ސަރުކާރުން މަޖިލީހަށް ހުށަހެޅި އިސްލާހު ފާސްކޮށް ޤާނޫނު ބަދަލުކޮށްފިއެވެ.
އަތޮޅު ކައުންސިލްތައް އުވައިލުމަށް ގާނޫނުއަސާސީއަށް ގެންނަންޖެހޭ ބަދަލުތައް މަޖިލީހަށް ހުށަހެޅީ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއުއެވެ.
އޭނާ ހުށަހެޅުއްވި އިސްލާހުގައި އަތޮޅު ކައުންސިލްތައް އުފެއްދުމަށް ގާނޫނުއަސާސީން ލާޒިމުކުރާ ކުރުން އުވައިލުމަށްޓަކައި ތިން ބަދަލެއް ގެންނަން ހުށަހަޅާފައިވެ އެވެ.
އެ އިސްލާހު މަޖިލީހުން ފާސްކުރީ މަޖިލީހުގެ 75 މެންބަރުންގެ ވޯޓުންނެވެ. މި އިސްލާހު ފާސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 12 މެންބަރުންނެވެ.
މިއަދު މަޖިލީހުން ފާސްކުރީ އަތޮޅު ކައުންސިލް އުފެއްދުމަށް ގާނޫނުއަސާސީގެ 230 ވަނަ މާއްދާގެ ށ. އިން ރައީސުލްޖުމްހޫރިއްޔާ ދީފައިވާ ބާރު އުނިކުރުމަށާއި ގާނޫނުއަސާސީގައި އަތޮޅު ކައުންސިލްތައް އެކުލެވިގެންވާ ގޮތް ބަޔާންކުރާ 231 ވަނަ މާއްދާގެ ހ. ގެ ތިން ވަނަ ނަންބަރު އުނިކުރުމަށެވެ.
މީގެ އިތުރުން ގާނޫނުއަސާސީގެ 231 ވަނަ މާއްދާގެ ށ. ގައި އަތޮޅު ކައުންސިލް ބަޔާންކޮށްފައިވާ ބަސް އުނިކުރަން ވެސް މިއަދު ފާސްކުރިއެވެ.
މި އިސްލާހުތައް ފާސްކުރުމާއެކު، ލޯކަލް ކައުންސިލްތަކުގެ މި ހިނގާ ދައުރު ހަމަވުމުން، ދެން އޮންނަ އިންތިހާބުގައި އަތޮޅު ކައުންސިލްތަކަށް މެންބަރުން އައްޔަނެއް ނުކުރާނެއެވެ. އެހެންކަމުން މިހާރު މި ހިނގާ ދައުތުގައި އަތޮޅު ކައުންސިލްތަކުގައި ތިބި މެންބަރުންނަކީ އަތޮޅު ކައުންސިލް މެންބަރުކަން ކުރާނެ އެންމެ ފަހު ބޭފުޅުންނެވެ.

ކިޔުންތެރިންގެ ހިޔާލު