ފަޤީރުންގެ ލިސްޓަށް ޝަކުވާ ހުށައެޅުމުގެ މުއްދަތު އިސްލާމިކް މިނިސްޓްރީން އިތުރުކޮށްދީފިއެވެ.

މިމުއްދަތު އިތުރުކޮށްދީފައި ވަނީ މާދަމާގެ ނިޔަލަށެވެ. އިސްލާމިކް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި ފަޤީރުންގެ ދަފްތަރު މުރާޖަޢާ ކުރުމަށް މިދިޔަ ޖުލައިމަހުގައި ހުޅުވާލި ފުރުޞަތުގައި ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދި ފޯމު ހުށައަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަނުވާ ފަރާތްތަކަށް ޝަކުވާ ހުށައެޅުމުގެ އިތުރު ފުރުޞަތެއް ދީފައި ވާކަމަށެވެ.

އިސްލާމިކް މިނިސްޓްރީން އެންމެ ފަހު އެކުލަވާލާފައިވާ ފަޤީރުންގެ ލިސްޓަށް ބަލާލާއިރު މިވަގުތު ރާއްޖޭގައި ފަޤީރުންގެ ގޮތުގައި ތިބީ 8764 މީހުންނެވެ. އޭގެތެރޭގައި މާލޭގެ ދަފްތަރުގައި 1717 މީހަކާއި އަތޮޅުތަކުން 7047 މީހުން ފަޤީރުންގެ ގޮތުގައި އެބަތިއްބެވެ.

ފަޤީރުންގެ ލިސްޓް މުރަޖަޢާ ނުކޮށް މިއަހަރުގެ ފިތުރު ޒަކާތް ބަހާފައިވާތީ ބައެއް ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެހެންނަމަވެސް އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ ފަޤީރުންގެ ދަފްތަރު އާނުކުރަން ނިންމީ، ކޯވިޑް-19ގެ ނުރައްކާ ބޮޑުވެ ރާއްޖެ ފުރަބަންދުކުރުމުންކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން