ފިހާރައެއްގެ ފުރާޅު ނައްޓާލައިގެން ވައްކަންކުރި ކީހަކު 10 ދުވަހަށް ބަންދު ކުރަން ކޯޓުން އަމުރު ކޮށްފިއެވެ.
ކްރިމިނަލް ކޯޓުގެ ބަންދު އަމުރުގައިވާ ގޮތުން، ބޮޑުތަކުރުފާނު މަގުގައި ހުންނަ، ބާޒާރު ޓްރޭޑިން ފިހާރަ ނުވަތަ އ. އަތޮޅު ފިހާރައިން ވައްކަން ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރީ 53 އަހަރުގެ ފިރިހެނެކެވެ.
އޭނާގެ މައްޗަށް ކުރާ ތުހުމަތަކީ، ވައްކަމާއި މުދަލަށް ގެއްލުން ދިނުމާއި ހުއްދަ ނޫން ތަނަކަށް ވަނުމުގެ ތުހުމަތެވެ.
ބަންދު އަމުރުން އެނގޭ ގޮތުގައި އޭނާވަނީ އެ ފިހާރައަށް ގެއްލުން ދީ، ފިހާރައިގެ ފުރާޅުން ޓިނު ނަގައިގެން އެ ތަނަށް ވަދެ، ވައްކަން ކޮށްފައެވެ. އަދި އެ ފިހާރައިން އޭނާ ވަގަށް ނެގި ތަކެތި ގޯންޏަކަށް އަޅައިގެން ގެންދާ މަންޒަރު ސީސީޓީވީ ފުޓޭޖުން ފެންނަ ކަމަށް އަމުރުގައިވެއެވެ.
އެ މައްސަލައިގެ ބަންދު މަޖިލީހުގައި އޭނާ ބުނީ، އޭނާ ކޮންމެ އެއްޗެކޭ ބުނި ނަމަވެސް، އޭނާ ބަންދު ކުރާނެ ކަމަށެވެ. އެކަމަކު ކޯޓުން ވަނީ، ބަންދު މަޖިލީހަކީ އެ ގޮތަށް ހިނގާ މަޖިލީހެއް ނޫންކަމާއި ބަންދު ކުރުމުގައި ރިއާޔަތް ކުރާނީ ހުށަހަޅައިފައިވާ ހެއްކަށް ކަމަށް ބަޔާންކޮށްދީފައެވެ.
މި މައްސަލައިގައި އޭނާ 10 ދުވަހަށް ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު