މަޖިލީހުގެ ރައީސް-
މަޖިލީހުގެ ރައީސް-
މުހިންމު މަސައްކަތްތަކެއް ނުނިމި ހުރިކަމަށް ވިދާޅުވެ މަޖިލީހުގެ މި ހިނގާ ތިންވަނަ ދައުރު ދަންމާލަން މިއަދު މަޖިލީހުން ފާސްކޮށްފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، މަޖިލިސް ގަވާއިދު ބުނާގޮތުން ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ ޖަލްސާތައް ކުރިއަށް ގެންދަން ޖެހެނީ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މި ނޮވެމްބަރު މަހުގެ ނިޔަލަށް ކަމަށެވެ.

މިހާރު ކުރިއަށްދަނީ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ ޖަލްސާތަކެވެ.

ނަމަވެސް މަޖިލީހުގައި ނިންމަން ޖެހޭ މުހިއްމު މަސައްކަތްތަކެއް ހުރުމުން ދައުރު ދަންމާލަން ޖެހޭކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.

އެހެންކަމުން މަޖިލީހުގެ މި ހިނގާ ތިންވަނަ ދައުރު އަންނަ ޑިސެމްބަރުމަހުގެ ހަތަރުވަނަ ދުވަހަށް ދަންމާލުމަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވޯޓަށް އައްސަވާނެ ކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.

ދައުރު ދަންމާލަން ފާސްކުރީ އެކަމާ މެދު ފެންނަ ގޮތެއް ބަލަން މިއަދު ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 62 މެންބަރުންގެ ތެރެއިން 55 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ދައުރު ދަންމާލަން ނުފެންނަ ކަމަށް ވޯޓުދެއްވީ ހަތް މެންބަރެކެވެ.

މި ދައުރު ދަންމާލަން މަޖިލީހުން ފާސްކޮށްފައި މިވަނީ އަތޮޅު ކައުންސިލްތައް އުވާލަން ކަމާގުޅުންހުރި ގާނޫނުތަކަށް ހުށަހެޅި އިސްލާހުތަކުގެ މަސައްކަތް ނިންމުމަށް ކަމަށް ބެލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް