އަހުމަދު މަސްނޫމް   28 ސެޕްޓެމްބަރު 2020 - 15:19
އެމްޑީޕީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފްގެ މަންމަ ކޯވިޑް 19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން އޭނާ ހޯމް ކަރަންޓީން ވެވަޑައިގެންފި އެވެ.

ހަސަން ލަތީފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާގެ މަންމަ ކޯވިޑަށް ޕޮޒިޓިވްވެ އައިސޮލޭޝަން ފެސިލިޓީއަށް މިހާރު ގެނެގޮސްފައިވާކަމަށެވެ. އަދި އޭނާއަކީ ޑައިރެކްޓް ކޮންޓެކްޓަކަށްވުމުން ގޭގައި ހޯމް ކަރަންޓީން ވެވަޑައިގެންފައިވާ ކަމަށެވެ. ނަމަވެސް އޭނާ ކޯވިޑަށް ހެދި ޓެސްޓުން ނެގެޓިވް ވެފައިވާކަމަށް ހަސަންގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

އަންނަ ހަފުތާގެ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފަހު ދައުރުގެ މަސައްކަތް ފަށާއިރު، ހަސަން ލަތީފަށް ތަޅުމަށް ވަޑައި ނުގެންނެވޭނެއެވެ. އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް އިނގިރޭސި ވިލާތަށް ކުރެއްވި ދަތުރުފުޅަށްފަހު މަޖިލިސް ހުޅުވާ ހަފުތާގައި ޖަލްސާތަކުގައި ތަޅުމަށް ވަޑައިގެން ބައިވެރިވެ ވަޑައެއް ނުގެންނެވޭނެއެވެ.

އެޗްޕީއޭގެ މިންގަނޑުތަކުގައި ބުނާގޮތުން ރާއްޖެއިން ބޭރުން އަންނަ މީހުން 14 ދުވަހުގެ ހޯމް ކަރަންޓީން ފުރިހަމަ ކުރަންޖެހެއެވެ. އަދި އެއަށްފަހު ކޯވިޑަށް ޓެސްޓްކޮށް ނަތީޖާ ޕޮޒިޓިވް ވެއްޖެނަމަ އައިސޮލޭޝަނަށް ގެންދެވޭނެއެވެ. ޕޮޒިޓިވްވާ މީހާއާއި ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަވާ މީހުން 14 ދުވަހު ހޯމް ކަރަންޓީނަށްފަހު ސާމްޕަލް ނަގަންވެސް ޖެހޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން