ތައުލީމީ ގޮތުން ރާއްޖެއަކީ މިއަދު ކުރިއަރައި އެހެން ޤައުމުތަކާއި އެންހަމައެއްގައި ގުނާލެވޭ ޤައުމަކަށްވާއިރު ތައުލީމީ ހަބަކަށް ރާއްޖެ ނުހަދަންވީ ސަބަބެއް ނެތްކަމުގައި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ނައިބް ރައީސް އަހުމަދު ސައުދު ވިދާޅު ވެއްޖެއެވެ.

ރާއްޖޭގެ ތައުލީމީ ނިޒާމަށް އައިސްފައިވާ ކުރިއެރުންތަކަށް އިޝާރަތް ކުރައްވައި ސައުދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ ރާއްޖެއަކީވެސް މިއަދު ދުނިޔޭގެ އެހެން ޤައުމުތަކުގެ ދަރިވަރުން ތައުލީމް ހާސިލް ކުރަން އަންނަ ޤައުމަކަށް ވާންޖެހޭނެ ކަމަށެވެ. ރާއްޖޭގެ އަމާންކަމާއި، މާހައުލުގެ ރައްކާތެރިކަމަކީ ތައުލީމް ހާސިލް ކުރާ ދަރިވަރުންނަށްވެސް އޮތް އެންމެ ރައްކާތެރި މާހައުލުކަމަށް ސައުދު ވިދާޅުވިއެވެ.

މިއަދު ރާއްޖޭގައި މަތީ ތައުލީމަށް ކިޔެވޭނެ ފަހި ފުރުސަތުތަކާއި، އެންމެ މަތީ ފެންވަރުގެ ތައުލީމުދޭނެ ލެކްޗަރާއިންނާއި، ކޮލެޖް/ ޔުނިވާސިޓީތައް ހުރިއިރު ރާއްޖެއަކީ މިސަރަހައްދުގައިވެސް މަތީ ފަންތީގައި ތައުލީމުދޭނޭ ހަބަކަށް ނަހަދަންވީ ސަބަބެއް ނެތްކަމަށް ސައުދު ވިދާޅުވި އެވެ.

"މި ކުޑަކުޑަ ރީތި ޖަޒީރާ ރާއްޖެއަށް ބޭރު ޤައުމުތަކުން ކިޔަވާ ކުދިން ނާންނަނީ ކީއްވެބާ؟ އެހާމެ ރީތި، ފުރިހަމަ ކެމްޕަސްތަކާއި، އިންޓަރނޭޝަނަލް ލެވެލްގެ ލެކްޗާސް އަދި ކޮލެޖް ޔުނިވާސިޓީ ހަދާފަ މާކެޓް ކުރީމަވެސް ހަމަ ނާންނެބާ؟ ރާއްޖެއަކީ ތައުލީމީ ހަބަކަށް ހަދާކަށް ނުވޭބާ؟ ސައުދު ވިދާޅުވި އެވެ.

ރާއްޖޭގައި ތައުލީމުދޭ ކޮލެޖްތަކާއި ޔުނިވާސިޓީތަކަކީ މިސަރަހައްދުގައިވެސް ހުރި އެންމެ ފެންވަރު ރަނގަޅު ތަންތަން ކަމަށް ކަނޑައަޅައި ދުނިޔޭގެ ބޮޑެތި އެވޯޑްތައްވެސް އެ ކޮލެޖްތަކާއި ޔުނިވާސިޓީތަކުން ދަނީ ހާސިލް ކުރަމުންނެވެ. އެގޮތުން ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ އިންޖިނިއަރިން އާއި ސައެންސް ފެކަލްޓީއަށް "ސިސްކޯ ޓްރެއިނިން ސެންޓަރު"ގެ ދަރަޖަ ވަނީ ދާދިފަހުން ލިބިފައެވެ.

މިއީ ބޭރު ގައުމުތަކުގެ ދަރިިވަރުންނަށް އެމްއެންޔޫ ހުޅުވާލަން ލިބުނު އިތުރު ފުރުސަތެކެވެ. ސިސްކޯ އެކަޑަމީ އިންސްޓްރަކްޓަރު ޓްރެއިނިން ސެންޓަރަކީ، ސިސްކޯގެ ކޯސްތައް ކިޔަވައިދޭން އިންސްޓްރަކްޓަރުން ތަމްރީން ކުރާ ސެންޓަރެކެވެ. މިއީ ސިސްކޯ ނެޓްވޯކިން އެކަޑަމީގެ ދަށުން، ކޮމްޕިއުޓަރު ވިއުގަތަކަށް ބޭނުންވާ މަސައްކަތްތެރިން ތަމްރީން ކުރާ މަރުކަޒުތަކެކެވެ.

އެމްއެންޔޫގައި އެޑްވާންސްޑް ސެޓްފިކެޓް އިން ފެށިގެން ޕީއެޗްޑީއާ ހަމައަށް ކިޔަވައިދެ އެވެ. އެ ކޯސްތަކުގެ ތެރޭގައި އެޑިއުކޭޝަނާއި އިންޖީނިއަރިންނާއި ހެލްތު ސައިންސަސް އާއި ޓޫރިޒަމް ސްޓަޑީޒް އަދި ގާނޫނީ ދާއިރާގެ ކޯސްތައް ހިމެނެ އެވެ. މިނޫންވެސް ވިލާ ކޮލެޖާއި، މަންދު ކޮލެޖާއި، އެވިޑް ކޮލެޖު އަދި މާލޭ ބިޒްނަސް ސްކޫލްފަދަ ބޮޑެތި ތައުލީމްދޭ މަރުކަޒުތަކުން ދަނީ އެންމެ މަތީ ފެންވަރަށް ކިޔެވުމުގެ މަގު ފަހިކޮށްދެމުންނެވެ.


ކިޔުންތެރިންގެ ހިޔާލު


-11

ޟާމިރު

29-Sep-2020

ޜަނގަޅު މީހާގެ ފޮޓޮއެއްނޫން ތި ވައްޓާލީ. ޗަބީގެ ފޮޓޯއެއް ވައްޓާލިނަމަ. ޙަޔަރ އެޑުކޭޝަނަކާ ތުންފުއްސަކާ ނުބެހެޔޭ.



ޓްރެންޑިން