އެމްއެމްސީޕީގެ ދަށުން އިމިގްރޭޝަނުން ކުރިއަށްގެންދިޔަ ހާއްސަ ޕްރޮގްރާމުގެ ތެރެއިން- ފޮޓޯ: އިމިގްރޭޝަން
އެމްއެމްސީޕީގެ ދަށުން އިމިގްރޭޝަނުން ކުރިއަށްގެންދިޔަ ހާއްސަ ޕްރޮގްރާމުގެ ތެރެއިން- ފޮޓޯ: އިމިގްރޭޝަން
ރާއްޖޭގައި ހެދިފައިވާ އިމިގްރޭޝަންގެ ގާނޫނުތަކާއި ގަވާއިދުތަކަށް ބިދޭސީން އަމަލުކުރޭތޯ ބެލުމުގެ ގޮތުން، ހާއްސަ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން ބުނީ މިއީ އެ އިދާރާއިން ކުރިއަށް ގެންދާ މައިގްރޭޝަން މޮނިޓަރިން އެންޑް ކޮމްޕްލަޔަންސް ޕްރޮގްރާމް (އެމްއެމްސީޕީ) ގެ ދަށުން ހިންގި ހަރަކާތެއް ކަމަށެވެ.

މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަކީ އިމިގްރޭޝަންގެ ގަވާއިދުތަކާ އެއްގޮތަށް، ސައްހަ ހުއްދައެއްގެ ދަށުން އުޅޭ ބަޔެއްތޯ ކަށަވަރު ކުރުމެވެ.

އިމިގްރޭޝަނުން ބުނީ މި މަސައްކަތަކީ، ގަވާއިދުތައް ތަންފީޒުކުރުމަށް އެ އިދާރާއިން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް ފުޅާކުރުމުގެ ބޭނުމުގައި ހިންގުނު ހަރަކާތެއް ކަމަށެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި އިމިގްރޭޝަނުން ދަނީ މިފަދަ އިންސްޕެކްޝަންތަކާއި ރެއިޑް އޮޕަރޭޝަންތައް ސިލްސިލާކޮށް ހިންގަމުންނެވެ.

މިގޮތަށް ހިންގާ އޮޕަރޭޝަންތަކުގެ ތެރެއިން ގާނޫނާ ހިލާފަށް އުޅޭކަން ފާހަގަކުރެވޭ ފަރާތްތަކާ މެދު އިމިގްރޭޝަންގެ ގާނޫނުގެ ދަށުން ފިޔަވަޅު އަޅަމުން ދާނޭ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް