ފުލުހުންގެ ކްރައިމް ސީނެއް-
ފުލުހުންގެ ކްރައިމް ސީނެއް-
ބްރިޖު ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި 2 މީހަކަށް އަނިޔާވެ ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ހައިވޭއިން ހުޅުމާލެއަށްދާ ލޭން ނިމޭ ހިސާބުގައި ސައިކަލަކާއި ޕިކަޕެއް ޖެހިގެން އެކްސިޑެންޓެއް ހިނގަފައިވާކަމުގެ މަޢުލޫމާތު މިއަދު ހެނދުނު 9 ޖެހިއިރު ފުލުހުންނަށް ލިބިފައިވާކަމަށެވެ.

މިއެކްސިޑެންޓުގައި އަނިޔާވެފައިވަނީ ސައިކަލު ދުއްވަންއިން ޢުމުރުން 28 އަހަރުގެ ދިވެހި ފިރިހެނަކާއި ސައިކަލުގެ ފަހަތުގައި އިން 22 އަހަރުގެ އަންހެނަކަށްކަމަށް ފުލުހުން ހާމަކުރިއެވެ.

މިދެމީހުންނަށްވެސް އައިޖީއެމްއެޗްގައި ދަނީ ފަރުވާދެމުންނެވެ.

ފުލުހުން ބުނީ އަނިޔާ ލިބުނު ފިރިހެން މީހާގެ ކަނައަތު ކޮނޑުހުޅު ނެއްޓި އޭނާއަށް އެކިވަރުގެ އަނިޔާވެފައިވާ ކަމަށެވެ. އަދި އަންހެން މީހާގެ ގައިގެ އެކި ތަންތަން މަށައިގެންގޮސް އެކިވަރުގެ އަނިޔާ ވެފައިވާ ކަމަށްވެސް ފުލުހުން ހާމަކުރިއެވެ.

މި ހާދިސާ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް