ހެންވޭރުގައި ހުންނަ އަލް-ޒައިކާ ކެފޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފުން މިއަދު ބުނީ މި ހާދިސާގެ ރިޕޯޓު ލިބުމާއެކު އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސް އިން އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ. އަދި އަލިފާންގަނޑު ކޮންޓްރޯލް ކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.
އެންޑީއެމްއޭއިން ބުނީ، މި ހާދިސާގައި ބިދޭސީއެއްގެ ފައި ކޮންމެވެސް ވަރަކަށް ފިހުނު ކަމަށެވެ. ނަމަވެސް އެއްވެސް މީހަކަށް އިންސާނީ އެހީ ބޭނުންވާ ހާލަތަކަށް ގޮސްފައިނުވާ ކަމަށް އެންޑީއެމްއޭއިން ވަނީ ބުނެފައެވެ.
މިއީ މިއަދު މާލޭގައި ހިނގި އަލިފާނުގެ ދެވަނަ ހާދިސާއެވެ. ރޭ ފަތިހު، މ. މާމުޓާ ކިޔާ ފަޅުއިމާރާތެއްގައި ވެސް ވަނީ އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ. އަދި ގާތްގަނޑަކަށް ބައިގަޑިއިރު ތެރޭގައި އެ އަލިފާންގަނޑު އެމްއެންޑީއެފުން ވަނީ ނިއްވާލާފައެވެ.
މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.
ފަހަކަށް އައިސް މާލޭގައި ފަޅަށް ހުންނަ ގެތަކުގައި އަލިފާނުގެ ހާދިސާތައް ހިނގުން ވަނީ ޢާއްމު ކަމަކަށް ވެފައެވެ.

ހ.އަލްޒައިކާ ކެފޭގައި މިއަދު ހިނގި އަލިފާނުގެ ހާދިސާއައި ގުޅިގެން މިއޮތޯރިޓީއިން ވަނީ ހަރަކާތްތެރިވެފައި.
— NDMA Maldives (@NDMAmv) November 29, 2025
މި ހާދިސާގައި ބިދޭސީއެއްގެ ފައި ކޮންމެވެސް ވަރަކަށް ފިހުނު ނަމަވެސް އެއްވެސް މީހަކަށް އިންސާނީ އެހީ ބޭނުންވާ ހާލަތަކަށް ގޮސްފައި ނުވޭ pic.twitter.com/HU1LPw7Ch2
މިއީ މިއަދު މާލޭގައި ހިނގި އަލިފާނުގެ ދެވަނަ ހާދިސާއެވެ. ރޭ ފަތިހު، މ. މާމުޓާ ކިޔާ ފަޅުއިމާރާތެއްގައި ވެސް ވަނީ އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ. އަދި ގާތްގަނޑަކަށް ބައިގަޑިއިރު ތެރޭގައި އެ އަލިފާންގަނޑު އެމްއެންޑީއެފުން ވަނީ ނިއްވާލާފައެވެ.
ގ.މާމުޓާގައި ހިނގި އަލިފާނުގެ ހާދިސާއައި ގުޅިގެން މިއޮތޯރިޓީއިން ވަނީ ހަރަކާތްތެރިވެފައި.
— NDMA Maldives (@NDMAmv) November 29, 2025
މި ހާދިސާގައި އެއްވެސް މީހަކަށް އިންސާނީ އެހީ ބޭނުންވާ ހާލަތަކަށް ގޮސްފައި ނުވޭ pic.twitter.com/xoeLyno5rL
މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.
ފަހަކަށް އައިސް މާލޭގައި ފަޅަށް ހުންނަ ގެތަކުގައި އަލިފާނުގެ ހާދިސާތައް ހިނގުން ވަނީ ޢާއްމު ކަމަކަށް ވެފައެވެ.
ކިޔުންތެރިންގެ ހިޔާލު