ބާސެލޯނާއިން ބޭނުން ނެތިގެން ދޫކޮށްލި އުރުގުއޭގެ ހުނަރުވެރި ފޯވާޑް ލުއިސް ސުއާރޭޒް އެތްލިކޯ މެޑްރިޑަށް ކުޅުނު ފުރަތަމަ މެޗްގައިވެސް އޭނާގެ ފެންވަރު ސާބިތުކޮށްދީފިއެވެ.
ގްރަނާޑާ ދެކޮޅަށް ކުޅުނު މެޗު 6-1 އިން އެތްލެޓިކޯ ކާމިޔާބުކޮށްފައިވާއިރު، ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި މެޗުގެ އެންމެ ފަހު 20 މިނެޓްގައި ކުޅެން ނުކުމެ، ލުއިސް ސުއަރޭޒް ވަނީ ދެ ގޯލް ކާމިޔާބުކޮށް، އިތުރު ގޯލެއް ޖެހުމަށް މަގުފަހިކޮށްދީފައެވެ.
މެޗުގައި އެތުލެޓިކޯގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ ކޮސްޓާ އެވެ. މެޗު ފެށިގެން ނުވަ ވަނަ މިނެޓްގައި އޭނާ ލަނޑު ޖެހީ އޭންހަލް ކޮރެއާ ހުރަސް ކޮށްދިން ބޯޅަ ބޮލުން ފޮނުވާލައިގެންނެވެ. ދެ ވަނަ ހާފު ފެށިގެން ދެ ވަނަ މިނެޓްގައި އެތުލެޓީގެ ދެ ވަނަ ލަނޑު ކޮރެއާ ކާމިޔާބު ކުރީ އޭރިއާގެ ބޭރުގައި ހުރެފައި ފެލިކްސް ނަގައިންދިން ބޯޅައިންނެވެ. މެޗުގެ 65 ވަނަ މިނެޓްގައި ފެލިކްސްގެ ލަނޑު އޭނާ ކާމިޔާބު ކުރީ ކޮރެއާ ދިން ބޯޅައިން އެވެ.
އެތުލެޓިކޯގެ ހަތަރު ވަނަ ލަނޑު 72 ވަނަ މިނެޓްގައި މާކޯސް ޔޮރެންޓޭ ކާމިޔާބު ކުރީ ސުއަރޭޒް ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ. ކުޅެން ނުކުތްތާ 15 މިނެޓް ތެރޭ ސުއަރޭޒް ވަނީ އޭނާގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްފަ އެވެ. ގްރަނާޑާގެ ހަމައެކަނި ލަނޑު ކާމިޔާބު ކުރީ ޖޯޖް މޮލީނާ އެވެ. އޭނާ ލަނޑު ކާމިޔާބު ކުރީ 87 ވަނަ މިނެޓްގަ އެވެ. އެތުލެޓިކޯގެ ހަ ވަނަ ލަނޑު ސުއާރޭޒް ކާމިޔާބު ކުރީ އިތުރު ވަގުތުގެ ތިން ވަނަ މިނެޓްގަ އެވެ.
މެސީގެ އެހީތެރިކަމާއެކު ބާސާ މެޗް ކާމިޔާބުކުރީ 4-0 އިން
ސްޕެނިޝް ލީގުގައި މެސީގެ ގޯލާއެކު ބާސެލޯނާ ލީގުގެ ފުރަތަމަ މެޗުން ފަސޭހަކަމާއެކު މޮޅުވީ 4-0 ގެ ނަތީޖާ އިންނެވެ.
ވިލަރެއާލް އާ ދެކޮޅަށް ކުޅުނު މެޗްގައި ބާސާގެ އަންސޫ ފަޓީ ވަނީ އެޓީމްގެ ފުރަތަމަ ދެ ގޯލު ޖަހައި އަދި ޕެނަލްޓީ އެއް ވެސް ހޯދައިދީފައެވެ. ފަޓީ އޭނާގެ ފުރަތަމަ ގޯލް ޖޯޑީ އަލްބާ ދިން ބޯޅައެއް އެއްފަހަރުން ގޯލަށް ޖަހައި ކާމިޔާބު ކުރިއިރު ދެވަނަ ގޯލު ޖަހައިފައިވަނީ ފިލިޕޭ ކުޓީނިއޯ ދިން ބޯޅައަކުންނެވެ.
ބާސެލޯނާގެ ތިންވަނަ ގޯލު މެސީ ޖަހައިފައިވަނީ އަންސޫ ފަޓީ ހޯދައިދިން ޕެނަލްޓީ އިންނެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން ބާސާގެ ހަތަރު ވަނަ ގޯލު މެސީ ނަގައިދިން ހުރަހަކުން ބައި ކޮޅަށް ޖަހައިފައިވަނީ ވިލަރެއާލް ގެ ޓޮރޭޒް އެވެ.
މިއީ މެސީ ކުލަބު ދޫކޮށް ދާން ބޭނުންވިކަން އިއުލާން ކުރި ފަހުން ކުޅުނު ފުރަތަމަ ރަސްމީ މެޗެވެ.

ކިޔުންތެރިންގެ ހިޔާލު