ކޯވިޑް-19 އާ ގުޅިގެން ގެދޮރުވެރި ކުރުމުގެ އެކި ޕްރޮގްރާމްތަކުގެ ދަށުން މާލެއާއި، ހުޅުމާލެއާއި، އަތޮޅުތަކުގެ ރަށްރަށުން ދޫކޮށްފައިވާ ފުލެޓާއި އަދި ހައުސިން ޔުނިޓުތަކުން ސަރުކާރަށް ދައްކަން ޖެހޭ ކުލި ފަސް ކޮށްދީފައިވާ މުއްދަތު އިތުރު ކުރަން ނިންމައިފި އެވެ.

ހައުސިން މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައިވަނީ ކުލި ފަސްކޮށް ދިނުމުގެ މުއްދަތު އިތުރުކުރަން ގިނަ ބަޔަކު އެދެމުންދާތީ މިމަހުން ފެށިގެން އަންނަ ނޮވެމްބަރު މަހުގެ ނިޔަލަށް ފްލެޓާއި ހައުސިން ޔުނިޓްތަކުގެ ކުލި ފަސްކޮށްދޭން ނިންމާފައިވާ ކަމަށެވެ. ކުލި ދެއްކުން ފަސް ކުރިޔަސް، ފްލެޓްތަކުގެ މެއިންޓަނަންސް ފީ އެ މުއްދަތުގައި ދައްކަން ޖެހޭނެ ކަމަށާއި އަދި ކުލި ފަސްކުރާ މުއްދަތު އެގްރިމެންޓްގެ މުއްދަތަށް އިތުރު ކުރެވޭނެ ކަމަށް ވެސް އެ އިއުލާނުގައިވެ އެވެ.

ގިނަ ފަރާތްތަކެއްގެ އެދުމުގެ މަތީން، މި މަހުން ފެށިގެން އަންނަ ނޮވެމްބަރު މަހުގެ ނިޔަލަށް، އިތުރު ތިން މަސް ދުވަހަށް ކުލި ނެގުން ފަސް ކުރުމަށް ނިންމާފައިވާއިރު ކުލި ފަސްކުރެވޭ މުއްދަތު އެގްރީމެންޓަށް އިތުރު ކުރެވޭނެ ކަމަށާއި، އަދި މެއިންޓެނެންސް ފީ ދައްކަން ޖެހޭނެ ކަމަށް ބުނެފައި ވެއެވެ.

ކުލި ފަސްކުރަން ބޭނުންވާ ފަރާތްތަކުން އަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރިން އީމެއިލް މެދުވެރިކޮށް އެކަން އެ މިނިސްޓްރީއަށް އަންގަން އެ އިއުލާނުގައިވެ އެވެ.


ކިޔުންތެރިންގެ ހިޔާލު


-6

މަމިޔޮކާކަ

29-Sep-2020

އަޅެ އެއްމެ މަހަކައްވެސް ފަސް ކޮށް ދީފިތަ.



ޓްރެންޑިން