އަހުމަދު ޔާމިން   28 ސެޕްޓެމްބަރު 2020 - 21:32
ތިނަދޫގައި ކޯވިޑް-19 ފެސިލިޓީ ޤާއިމްކުރުމުގެ މަސައްކަތް ކުރަނީ
ތިނަދޫގައި ކޯވިޑް-19 ފެސިލިޓީ ޤާއިމްކުރުމުގެ މަސައްކަތް ކުރަނީ
ގދ. ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ކޯވިޑް-19 މެނޭޖްމެންޓު ފެސިލިޓީއެއް އެޅުމުގެ މަސައްކަތް ފަށައިފި އެވެ.

އެމްޓީސީސީ އާ ޙަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ 15 ޕަސެންޓު މަސައްކަތް މިހާރު ނިމިފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

އެމްޓީސީސީން ބުނީ އެ ފެސިލިޓީގެ އަމަލީ މަސައްކަތް މިމަހުގެ 25 ވަނަ ދުވަހު ފަށާފައިވާ ކަމަށާއި، މަސައްކަތް ނިމޭނެ ކަމަށް ލަފާ ކުރެވެނީ އަންނަ މަހުގެ 14 ވަނަ ދުވަހު ކަމަށެވެ. މި ފެސިލިޓީއަކީ 22 އެނދުގެ ޖާގައިގެ ތަނެކެވެ. ފެސިލިޓީ ޤާއިމްކުރަނީ އައިސީޔޫ އަކާއި އެކުގައެވެ.

ގދ. ތިނަދޫގައި ކޯވިޑް މެނޭޖްމެންޓު ފެސިލިޓީއެއް ހަދަން ފަށާފައި މިވަނީ އެ ރަށުން ކޯވިޑަށް ޕޮސިޓިވްވި އުމުރުން ދުވަސްވީ މީހަކަށް އިތުރު ފަރުވާ ދިނުމަށް އެ ސަރަހައްދަށް ހާއްސަކޮށް، ގއ. ވިލިނގިލީގައި ހަދާފައިވާ ފެސިލިޓީއަށް ގެންދިއުމުން އެ ރަށަށް ނޭރުވި މައްސަލަ ހޫނުވެފައި ވަނިކޮށެވެ.

މިވަގުތު ކޯވިޑް މެނޭޖްމެންޓު ފެސިލިޓީ ރާއްޖޭގެ ފަސް ސަރަހައްދެއްގައި ހަދާފައިވެ އެވެ. އެއީ ށ. ފުނަދޫ، ބ. އޭދަފުށި، ލ. ގަން، ގއ. ވިލިނގިލި އަދި އައްޑޫ ސިޓީގައި އެވެ. މީގެ އިތުރުން އެމަޖެންސީ ކޯވިޑް ފެސިލިޓީގެ ގޮތުގައި ހއ. އިހަވަންދޫ އާއި ފުވައްމުލަކު ސިޓީގައި ދެ ފެސިލިޓީ ހަދާފައިވެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން