ރައްޔިތުންގެ މަޖިލިސް-
ރައްޔިތުންގެ މަޖިލިސް-
ޢިއްޒަތްތެރި ރައްޔިތުންގެ މަޖިލީހުގެ ގެޔަށް ނޫސްވެރިންނާއި މެހެމާނުންނަށް ވަދެވޭނީ މަޖިލީހުގެ އާއްމު ކޮމިޓީން ކަނޑައަޅާ އުސޫލާ އުސޫލާ އެއްގޮތަށް ކަމަށް ކަނޑައަޅަން މަޖިލީސް ގަވާއިދަށް އިސްލާހު ހުށަހަޅައިފިއެވެ.

މަޖިލިސް ގަވާއިދުގެ 30 ވަނަ މާއްދާގެ (ހ) އާއި 23 ވަނަ މާއްދާގެ (ޅ) އަށް މި އިސްލާހުތައް ގެންނަން ހުށަހެޅީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.

މަޖިލިސް ގަވާއިދުގެ 30 ވަނަ މާއްދާގެ (ހ) މިހާރު އޮންނަ ގޮތުން މަޖިލީހުގެ ގެއަށް މެހެމާނުން ވެއްދުމާއި މަޖިލީހުގެ ކޮމިޓީތައް ހިނގަމުންދާ ވަގުތުތަކުގައި އެ ކޮމިޓީއަކަށް މެހެމާނުންނާއި ނޫސްވެރިން ވެއްދުމުގެ އިންތިޒާމު ހަމަޖައްސައި އެ ކަންކަން ބަލަހައްޓާނީ މަޖިލީހުގެ ސާޖަންޓް އެޓް އާމްސް އެވެ.

މި މާއްދާ އިސްލާހުކުރަން ހުށަހަޅާފައިވަނީ، މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގެ 24 ވަނަ މާއްދާގައިވާ ގޮތުގެމަތިން މަޖިލީހުގެ ގެއަށް މެހެމާނުން ވެއްދުމާއި މަޖިލީހުގެ ޖަލްސާ އަޑުއެހުމަށް އަންނަ މެހުމާނުންނާއި ނޫސްވެރިންނާއި، މަޖިލީހުގެ ކޮމިޓީތައް ހިންގަމުންދާ ވަގުތުތަކުގައި އެ ކޮމިޓީގެ މެންބަރުން ފިޔަވައި މަޖިލީހުގެ އެހެން މެންބަރުންނާއި މެހުމާނުންނާއި ނޫސްވެރިން އެ ކޮމިޓީއަކަށް ވެއްދުމުގައި އަމަލު ކުރާނީ އާއްމު ކޮމިޓީން ކަނޑައަޅާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. އަދި އެ އުސޫލާ އެއްގޮތަށް އިމްތިޔާޒުތައް ހަމަޖައްސައި އެ ކަންކަން ބަލަހައްޓާނީ މަޖިލީހުގެ ސާޖަންޓް އެޓް އާމްސް ކަމަށްވެސް ހިމަނާފައިވެއެވެ.

މަޖިލިސް ގަވާއިދުގެ 23 ވަނަ މާއްދާގެ (ޅ) ގައި މިހާރު އޮންނަ ގޮތުން މަޖިލީހުގެ ގެއަށް އަންނަ މެހެމާނުންނާއި، މަޖިލީހުގެ ކޮމިޓީތައް ހިނގަމުންދާ ވަގުތުތަކުގައި ކޮމިޓީއަކަށް އަންނަ މެހެމާނުންނާއި ނޫސްވެރިން މަޖިލީހުގެ ނިޒާމާ ހިލާފު އެއްވެސްކަމެއް ހިންގައިފިނަމަ، އެކަމެއް އާންމު ކޮމިޓީގެ ސަމާލުކަމަށް ގެންނަން ޖެހޭނެއެވެ.

އެ މާއްދާއަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނަނީ، މަޖިލީހުގެ ގެއަށް އަންނަ މެހުމާނުންނާއި މަޖިލީހުގެ ކޮމިޓީތައް ހިންގަމުންދާ ވަގުތުތަކު ކޮމިޓީއަށް އަންނަ މެހްމާނުންނާއި ނޫސްވެރިން މަޖިލީހުގެ ނިޒާމާ ހިލާފު އެއްވެސްކަމެއް ހިންގައިފިނަމަ އެކަމެއް އިމްތިޔާޒާއި ސުލޫކު ކޮމިޓީގެ ސަމާލުކަމަށް ގެންނަންޖެހޭނެ ކަމަށެވެ.

މި މައްސަަލަ އިތުރަށް ދިރާސަކުރުމަށް އާއްމު ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް