ހޯމް މިނިސްޓަރ އަލީ އިހުސާން
ހޯމް މިނިސްޓަރ އަލީ އިހުސާން
ތެދު މައުލޫމާތު ގެނެސްދިނުމަކީ އެންމެންގެ ޒިންމާއަކަށް ހަދަން ޖެހޭ ކަމަށް ހޯމް މިނިސްޓަރ އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިފަދައިން ވިދާޅުވެފައި ވަނީ ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ބެޗްލަރ އޮފް އާރޓްސް އިން މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސްގެ ދަރިވަރުންގެ ކުރިއަށް ގެންދިޔަ "ނޯ ކެޕް ޖަސްޓް ފެކްޓްސް" ކެމްޕެއިން ޝަރަފްވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން މިނިސްޓަރ ވިދާޅުވީ މިޒަމާނުގައި ދޮގު މަޢުލޫމާތެއް ފަތުރަން ކުޑަ ވަގުތުކޮޅެއް ނަގާއިރު، ގިނަ ފަހަރު އޭގެން ލިބޭ ގެއްލުން ވަރަށް ބޮޑުކަމަަށެވެ. އަދި ދޮގު މަޢުލޫމާތުގެ ހަގީގަތް ހާމަކުރުމަށް ވަރަށް ގިނަ ދަތިތަކާއި ކުރިމަތިލާންޖެހޭ ކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ ވިދާޅުވީ ތެދު މަޢުލޫމާތު ގެނެސްދިނުމަކީ އެންމެންގެ ޒިންމާއަކަށް ހަދަން ޖެހޭ ކަމަށެވެ. އަދި ދޮގު މަޢޫލޫމާތު ފަތުރާކަމުގައި ވަނީނަމަ އެކަމަށް ހައްލެއް ގެނައުމުގެ ގޮތުން ޤާނޫނުތަކުން ފިޔަވަޅު އެޅުމާ ގުޅޭގޮތުން ގޮތެއް ނިންމަން ޖެހޭ ކަމަށްވެސް މިނިސްޓަރ އިޙްސާން ވަނީ ވިދާޅުވެފައެވެ.

ސޯޝަލް މީޑިއާއިން ލިބޭ މައުލޫމާތުގެ ތެދު ދޮގު ކަށަވަރުކުރާނެ ގޮތްތައް ކިޔައިދިނުމަށް ގައުމީ ޔުނިވާސިޓީގެ މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސްގެ ދަރިވަރުން ބޭއްވި މި ފޯރަމްގައި ވަނީ ނޭނގި ފަތުރާ ދޮގު މައުލޫމާތާއި ގަސްތުގައި ފަތުރާ ދޮގު މައުލޫމާތުގެ ތަފާތާއި އެ ފަދަ މައުލޫމާތުތައް ދެނެގަންނާނެ ގޮތްތައް ކިޔައިދީފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް