ހަނގުރާމައެއްގައި ޔޫރަޕުގެ ގައުމުތަކާ ކުރިމަލާން ތައްޔާރުކަމަށް ވިދާޅުވެ ރަޝިޔާގެ ރައީސް ވްލަޑަމިއަރ ޕޫޓިން އިންޒާރުދެއްވައިފިއެވެ.
ރަޝިއާގެ މީޑިއާތަކަށް ދިން އިންޓަވިއުއެއްގައި ޕުޓިން ވިދާޅުވީ ރަޝިޔާ އާއި ޔޫކްރޭނާ ދެމެދު ކުރެވެމުން އަންނަ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ޔޫރަޕުން ގެންގުޅެނީ ބަލައިގަނެވޭނެ ސިޔާސަތުތަކެއް ނޫންކަމަށެވެ.
އަދި އެމެރިކާއިން ހަނގުރާމަ ނިމުމަކަށް ގެނައުމަށް މަސައްކަތް ކުރަމުންއަންނައިރު ޔޫރަޕް ގައުމުތަކުގެ ކިބައިން ފެންނަނީ މިއާ މުޅިން އިދިކޮޅު މަންޒަރެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ޕުޓިން ވިދާޅުވީ ރަޝިއާއިން އިސްނަގައިގެން ޔޫރަޕަށް އަރައިނުގަންނާނެ ކަމަށާއި އެހެންނަމަވެސް ޔޫރަޕުން ރަޝިއާއޒަ ދެކޮޅަށް ހަނގުރާމައެއް ކުރަން ބޭނުންނަމަ، ހަނގުރާމަ ކުރަން ރަޝިޔާ އޮތީ ތައްޔާރަށް ކަމަށެވެ.
ރަޝިޔާއިން 2022 ވަނަ އަހަރު ޔޫކްރޭނާ ދެކޮޅަށް ހަނގުރާމައެއް ފެށީ، ނޭޓޯގެ މެމްބަރަކަށްވާން ޔޫކްރޭނުން ކުރަމުންދިޔަ މަަސައްކަތް ހުއްޓާލުމަށް ޔޫކްރޭނާއި ޔޫރަޕުގެ ބޮޑެތި ބާރުތަކުން އެއްބަސް ނުވުމުންނެވެ.
ރަޝިޔާއިން ބުނަމުންދަނީ ރަޝިޔާގެ ބަނޑުދޮށުގައި އޮވެގެން ނޭޓޯގެ ހަތިޔާރުތައް ޔޫކްރޭނުގައި ފަތުރާލުމުގެ ފުރުސަތު ނުދޭނެ ކަމަށާއި، މިކަމާ ގުޅިގެން ނިއުކްލިއަރ ހަނގުރާމައެއް ކުރަން ޖެހުނަސް އެކަންވެސް ކުރާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު