ސަރުކާރު ހިއްސާވާ ކުންފުނިތަކަށް (އެސްއޯއީ) ފަތުރުވެރިކަމުގެ ދާއިރާގައި ވިޔަފާރިކުރުމުގެ ފުރުސަތު ހުޅުވާލުމުގެ ގޮތުން، ޓޫރިސްޓް ރިސޯޓު ނުވަތަ އިންޓަގްރޭޓެޑް ޓޫރިސްޓް ރިސޯޓު ތަރައްގީކުރުމަށް ރަށް، ބިން ނުވަތަ ފަޅު ދޫކުރެވޭ ގޮތަށް ޓޫރިޒަމް ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހު މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ސިނާން ހުށަހެޅުއްވި މި ބިލު، މަޖިލީހުގެ އިގްތިސާދީ ކޮމިޓީން ދިރާސާކުރުމަށްފަހު، ތަޅުމަށް ހުށައެޅުމުން ބިލު ފާސްކޮށްފައިވަނީ، 64 މެންބަރުންގެ ވޯޓުންނެވެ.
މި އިސްލާހުގެ މައިގަނޑު ބަދަލަކީ، ގާނޫނުގެ ފަސްވަނަ މާއްދާގައި މިހާރު ރަށް، ބިން، ފަޅު ކުއްޔަށް ދެވޭ ތިން ގޮތުގެ އިތުރުން، ދައުލަތުގެ ކުންފުނިތަކަށް ވަކި ޝަރުތުތަކެއްގެ ދަށުން ރިސޯޓު ހެދުމަށް ތަންތަން ދޫކުރުމުގެ އަކުރެއް އިތުރުކުރުމެވެ.
މި ޝަރުތުތަކުގެ ތެރޭގައި ވަޒީރުންގެ މަޖިލީހުން އެގޮތަށް ނިންމުމާއި، ސަރުކާރާއެކު އެއްބަސްވުމެއް ހެދުމާއި، އަދި އެކުއިޒިޝަން ފީ ދެއްކުން ހިމެނެއެވެ. މީގެ އިތުރަށް، ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު)ގެ ގޮތުގައި ފަންޑަށް ފައިސާ ޖަމާކުރުން ނުވަތަ ވަކި މަޝްރޫއަކަށް ހަރަދުކުރުން ވެސް ހިމެނިދާނެ ކަމަށް ބިލުގައިވެއެވެ.
މި އިސްލާހުގެ ދަށުން ޔޮޓް ބަނދަރު ހިންގުމަށް ވެސް ދައުލަތުގެ ކުންފުނިތަކަށް ރަށް، ބިން، ފަޅު ދޫކުރެވޭނެއެވެ.
މިޤާނޫނުގައި "ދައުލަތުގެ ކުންފުނި" ކަމަށް ބަލަނީ 45 އިންސައްތަ ނުވަތަ އެއަށްވުރެ ގިނަ ސަރުކާރުގެ ހިއްސާ އޮންނަ ކުންފުނިތަކަށެވެ. ކޮމިޓީ މަރުހަލާގައި ބިލަށް ގެނައި ބަދަލަކީ، އެއްބަސްވުމުގެ މުއްދަތުގައި އެސްއޯއީގައި އޮންނަ ސަރުކާރުގެ ހިއްސާ 45 އަށްވުރެ ދަށްނުކުރެވޭނެކަމަށް ކަނޑައެޅުމެވެ.

ކިޔުންތެރިންގެ ހިޔާލު