ޖުޑީޝަލް ސަރވިސް ކޮމިޝަންގެ އިދާރާ
ޖުޑީޝަލް ސަރވިސް ކޮމިޝަންގެ އިދާރާ
ކްރިމިނަލް ކޯޓާއި ހައިކޯޓުގެ އިސްފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ޖޭއެސްސީން ބުނެފައިވަނީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމާއި ހައިކޯޓުގެ އިސް ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި އެ މަގާމުތަކަށް ކުރިމަތިލެވޭނީ އެ ކޯޓްތަކުގައި މަސައްކަތްކުރާ ފަނޑިޔާރުންނަށް ކަމަށް އެ އިޢުލާނުގައި ވަނީ ބަޔާންކޮށްފައެވެ.

ޖޭއެސްސީން ބުނެފައިވަނީ ކޯޓްތަކަށް އިސް ފަނޑިޔާރުން އައްޔަނު ކުރުމުގައި އަމަލުކުރާނީ "ކޯޓުތަކަށް އިސް ފަނޑިޔާރުން އައްޔަނުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު" ގައިވާ ގޮތުގެމަތީން ކަމަށެވެ.

ކްރިމިނަލް ކޯޓްގެ އިސް ގާޒީގެ މަގާމަށް އައްޔަނުކުރާ ފަރާތަކަށް އަސާސީ މުސާރައާ ރިސްކް އެލަވެންސާއި ލިވިން އެލަވެންސްއާއި އެކު 49،300 ރުފިޔާ ލިބޭނެ އެވެ. އަދި ހައިކޯޓްގެ އިސް ފަނޑިޔާރު ކަމަށް އައްޔަނުކުރާ ފަރާތަކަށް އަސާސީ މުސާރައާ ރިސްކް އެލަވެންސާއި ލިވިން އެލަވެންސްއާއި އެކު 56،300 ރުފިޔާ ލިބޭނެ އެވެ،

މީގެ އިތުރުން ޖޭއެސްސީން ވަނީ ގދ. ޖުޑީޝަލް ދާއިރާއާ، ގއ. ޖުޑީޝަލް ދާއިރާއާ، ވ. ޖުޑީޝަލް ދާއިރާއާ، ބ. ޖުޑީޝަލް ދާއިރާއާ، ނ. ޖުޑީޝަލް ދާއިރާއާ، ށ. ޖުޑީޝަލް ދާއިރާއާ، ހދ. ޖުޑީޝަލް ދާއިރާ އަދި ހއ. ޖުޑީޝަލް ދާއިރާ ގެ އިސް މެޖިސްޓްރޭޓު ކަމަށް ކުރިމަތި ލުމުގެ ފުރުސަތުވެސް ހުޅުވާލާފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން