15 މިނެޓް ތެރޭގައި ކޯވިޑް-19 ޓެސްޓްގެ ނަތީޖާ ލިބޭ ކޯވިޑް-19 ޕޯޓަބަލް އެންޓިޖެން ޓެސްޓް، މެޑްޓެކުން ރާއްޖެއަށް ތަޢާރަފްކޮށްފިއެވެ.

ސިއްހީ ދާއިރާގެ ސާމާނު އުފެއްދުމުގެ އެންމެ ކުރީސަފުގައި ހިމެނޭ އެމެރިކާގެ އެބޮޓުން އެންމެ ފަހުގެ ޓެކްނޮލޮޖީއާ އެކު އުފައްދާފައިވާ މި ޓެސްޓަކީ ކްރެޑިޓް ކާޑެއްހާ ކުޑަ، އަދި އިތުރު އިކުއިޕްމަންޓެއްގެ އެހީއާ ނުލައި ނަތީޖާ ލިބޭ ގޮތަށް އުފައްދާފައިވާ އެއްޗެކެވެ.

ނަތީޖާ އަވަސް ވުމުގެ އިތުރުން، އެބޮޓުން ބުނީ އަލަށް ތައާރަފްކުރި ޓެސްޓަށް ނޭފަތުން ސާންޕަލް ނަގާއިރު، މިހާރު ޓެސްޓް ކުރާއިރު އެކަން ކުރާ ވަރަށް ވުރެ ވަރަށް ބޮޑުތަން ފަސޭހަވާނެ ކަމަށެވެ.



ކޯވިޑް-19 އިން ރަނގަޅުވުމުން ހަށިގަނޑުގައި އެންޓިބޮޑީ ހުރި މިންވަރު ދެނެގަންނަން ހަދާ އެންޓިބޮޑީ ޓެސްޓާ ހިލާފަށް އެންޓިޖެން ޓެސްޓަކީ ހަށިގަނޑުގައި ހުންނަ އެކްޓިވް ވައިރަސް ދެނެގަތުމަށް ހަދާ ޓެސްޓެކެވެ. އެ ޓެސްޓް ކިޓްގެ ސަބަބުން ކޮންޓެކްޓް ޓްރޭސިންގައި އެކްޓިވް އިންފެކްޝަން ހުރި މީހުން ދެނެގަތުމަށް ޓެސްޓްކުރުމާއި އާބާދީގެ ބޮޑު ބައެއް ޓެސްޓްކުރުން އަދި ކޮވިޑަށް ޝައްކު ކުރެވޭ މީހުން އަވަހަށް ޓެސްޓުކުރުމަށް ވެސް މަގުފަހިވެގެންދާނެ އެވެ.

އެބޮޓުން އަލަށް ތައާރަފްކުރި ޓެސްޓް މިހާރު އެމެރިކާ އާއި ޔޫރަޕްގެ ގައުމުތަކުގައި ބޭނުން ކުރަމުން އަންނަ އިރު، އިތުރު ގައުމުތަކަށް، މީގެ އެތައް މިލިޔަން ޓެސްޓް ކިޓް ފޮނުވަން ފަށާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ. އެގޮތުން އެ ކުންފުނީގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓާ ކަމަށްވާ މެޑްޓެކުން މިވަނީ މި ޓެސްޓް ރާއްޖެއަށް ވެސް ތައާރަފުކޮށްފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން