މަރްޔަމް ނަހްދާ ވަޙީދު   5 ޑިސެމްބަރު 2025 - 11:9
ފެނަކަ ކޯޕަރޭޝަން-
ފެނަކަ ކޯޕަރޭޝަން-
ފެނަކަ ކޯޕަރޭޝަންގެ ބިލުތަކުން ސަބްސިޑީ ދޭނެކަމަށް ބުނެ ސްކޭމެއް ހިންގާތީ ސަމާލުވުމަށް އެދިއްޖެއެވެ.

ފެނަކައިން މިއަދު ބުނީ، އެ ކުންފުނިން ދޭ ޚިދުމަތްތަކުގެ ބިލުތަކުން ސަބްސިޑީ ދޭނެކަމަށް ބުނެ، އެ ކުންފުނީގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދުމަށް ސްކޭމެއް ހިންގަމުން އަންނަކަމަށެވެ.

އެހެންވެ އެފަދަ ލިންކެއް ނުވަތަ ކޯލެއް ލިބިއްޖެނަމަ، ކަމާބެހޭ ފަރާތްތަކަށް އަވަހަށް ރިޕޯޓުކުރުމަށް ފެނަކައިން ވަނީ އެދިފައެވެ.

އެކި ކުންފުނި، ވިޔަފާރިތަކާއި އިދާރާތަކުގެ ނަމުގައި ސްކޭމް ހިންގުން އިތުރުވެފައިވާއިރު، ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންޓި ސްކޭމް ސެންޓަރުން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބަށް ބަލާއިރު، މިދިޔަ ނޮވެމްބަރު މަހު ސްކޭމްގެ 164 މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ.

އެ މައްސަލަތަކުން ޖުމްލަ 1،520،269 ރުފިޔާ ގެއްލިފައިވާއިރު، 387،971 ރުފިޔާ ރިކަވާރ ކޮށްފައިވާ ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައެވެ.



ކިޔުންތެރިންގެ ހިޔާލު