ހދ. ކުޅުދުއްފުށްޓާއި ނޮޅިވަރަމްގެ މޮނިޓަރިންގެ ޙާލަތު ނިމުމަކަށް ގެނެސްފިއެވެ.
ކުޅުދުއްފުށްޓާއި ނޮޅިވަރަމް މޮނީޓަރިންގެ ހާލަތަށް ގެނެސް، އެ ދެ ރަށަށް އަރައި ފޭބުން މިދިޔަ ހުކުރު ދުވަހު ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މަނާކުރީ މާލެއިން އެ ދެ ރަށަށް ދަތުރުކުރި ފާޅު ބޯޓްގެ ކެޕްޓަން ކޮވިޑް-19 އަށް ޕޮޒިޓިވްވުމުންނެވެ.
ކެޕްޓަންގެ އިތުރުން ދޯނީގެ އިތުރު ދެފަޅުވެރިއަކާއި އެމީހުންނާއި ބައްދަލުވި މީހަކު ވެސް މިހާރު ވަނީ ކުޅުދުއްފުށިން ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. ނޮޅިވަރަމްގެ ބައެއް މީހުންނާއި ވެސް ބޯޓުގެ ފަޅުވެރިންނާއި ބައްދަލު ވެފައިވެއެވެ. ނަމަވެސް ނޮޅިވަރަމްގެ އެއްވެސް މީހަކު މިހާތަނަށް ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައެއް ނުވެއެވެ.
މި ކްލަސްޓާއާ ގުޅިގެން މިހާތަނަށް 51 މީހެއް އެކަހެރިކޮށް، ކެޕްޓަނާއެކު 30 މީހެއްގެ ސާމްޕަލް ވަނީ ޓެސްޓްކޮށްފަ އެވެ. ޓެސްޓްކުރި މީހުންގެ ތެރޭގައި ހިމެނެނީ ބޯޓުގެ 12 ފަޅުވެރިންނާއި އެ މީހުންގެ ޑައިރެކްޓް ކޮންޓެކްޓްގެ ގޮތުގައި ފާހަގަކުރެވުނު ފަރާތްތަކުގެ ތެރެއިން ހައިރިސްކް 18 ފަރާތެކެވެ. މީގެ އިތުރުން 7 ގެޔެއް ކަރަންޓީނުކޮށް، ފާޅުބޯޓުވެސް ވަނީ ކަރަންޓީނުކޮށްފަ އެވެ. މި ބޯޓު ނޮޅިވަރަމަށްވެސް ގޮސްފައިވާތީ އެރަށުގައި ކުރިއަށްގެންދިޔަ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން 5 މީހަކު ވަނީ އެކަހެރިކޮށްފަ އެވެ.
ކުޅުދުއްފުއްޓާއި ނޮޅިވަރަމްގެ މޮނިޓަރިން އުވާލިކަން އަންގައި އެދެރަށުގެ ކައުންސިލަށް އެޗްޕީއޭ އިން ފޮނުވި ލިޔުމުގައި ވަނީ ކޯވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ޢާއްމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ ދަށުން މޮނިޓަރިންގ ހާލަތު އިތުރަށް ދަމަހައްޓަންޖެހޭ ސަބަބެއް މިވަގުތު ނެތުމުން މޮނިޓަރިންގެ ހާލަތު އުވާލާފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު