ކުރީގެ ރައީސް ޔާމިން އިސްލާމިކް މިނިސްޓަރަކަށް ޑރ.ޒިޔާދު އައްޔަންކުރައްވަނީ: ޒިޔާދުގެ މައްޗަށް ދައުވާ ކުރަން ވަނީ ފޮނުވާފަ
ކުރީގެ ރައީސް ޔާމިން އިސްލާމިކް މިނިސްޓަރަކަށް ޑރ.ޒިޔާދު އައްޔަންކުރައްވަނީ: ޒިޔާދުގެ މައްޗަށް ދައުވާ ކުރަން ވަނީ ފޮނުވާފަ
ރައީސް ޔާމީންގެ ވެރިކަމުގައި އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ މައްޗަށް ދައުވާތައް އުފުލުމަކީ ސަރުކާރުން ކުޅެމުން އަންނަ ސިޔާސީ ޑްރާމާއެއް ކަމަށް އިދިކޮޅު ޕްރޮގުރެސިވް ކޯލިޝަނުން ބުނެފިއެވެ.

ޕީޕީއެމް އާއި ޕީއެންސީ ބައިވެރިވާ ޕްރޮގްރެސިވް ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދުގެ މައްޗަށް އުުފުލާފައިވަނީ އެއްވެސް އަސާސެއް ނެތް ދައުވާއެއް ކަމަށާ އެއީ އުފަން ކުރުވާފައިވާ މައްސަލައެއް ކަމަށެވެ. ޒިކުރާ މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް ހަވާލު ކުރުމުގައި ކޮރަޕްޝަންގެ އަމަލެއް ހިމެނޭ ކަމަށް ތުހުމަތުކޮށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރުގެ މައްޗަށް ދައުވާކޮށް ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަ އަނބުރާ ގެންދިއުމަށް އިދިކޮޅު ކޯލިޝަންގެ ބަޔާނުގައި ވަނީ ގޮވާލާފައެވެ.

އަދި ސަރުކާރު ހިންގުން ފެއިލްވެ ރައްޔިތުންގެ ނުރުހުން އަމާޒުވުމުން ރައީސް ޔާމީންގެ ވެރިކަމުގައި އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ މައްޗަށް ދައުވާތައް އުފުލުމަކީ ސަރުކާރުން ކުޅެމުން އަންނަ ސިޔާސީ ޑްރާމާތަކެއް ކަމަށްވެސް ބަޔާނުގައިވެއެވެ.

ކޮޗިން ފެރީގެ މައްސަލައާއި އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭ މައްސަލައިގެެ އިތުރުން ކޮވިޑް މެނޭޖްކުރުމުގައި ސަރުކާރު ފެއިލްވުމުން ރައްޔިތުންގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވުމުން އިދިކޮޅުގެ އިސްވެރިންނަށް ދައުވާ ކުރަނީ ފޯކަސް ގެއްލުވާލަން ކަމަށްވެސް ޕްރޮގްރެސިވް ކޯލިޝަންގެ ބަޔާނުގައި ވަނީ ބުނެފައެވެ. އެ ބަޔާނުގައި އިދިކޮޅު ސިޔާސީ ވެރިންގެ މައްޗަށް ދައުވާކޮށް ޖަލަށްލާ ހައްޔަރުކޮށްގެން ފަހަތަށް ނުޖެއްސޭނެ ކަމަށްވެސް ބުނެފައިވެއެވެ.

ޑރ. ޒިޔާދަށް ދައުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓަރު ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާފައިވަނީ މި މަހުގެ 18 ވަނަ ދުވަހުއެވެ. އެކަމާ ގުޅިގެން، ޕީޖީ އޮފީހުން ބުނެފައިވަނީ ޑރ. ޒިޔާދު އިސްލާމިކް މިނިސްޓަރުގެ މަގާމުގައި ހުންނެވިއިރު، ޒިކުރާ މިސްކިތް ހުރި ބިމުގައި 10 ބުރީގެ އިމާރާތެއް އެޅުމަށް އެސްޖޭ ކޮންސްޓްރަކްޝަން ކުންފުނިން ހުށަހެޅި ޕްރޮޕޯސަލާ ހިލާފަށް އެއްބަސްވުން ގާއިމުކޮށް، ދައުލަތަށް ގެއްލުންވާ ގޮތަށް އެ ކުންފުންޏަށް އެކުއިޓީގެ ގޮތުގައި 30 މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ. އެގޮތުން، ޑރ. ޒިޔާދުގެ މައްޗަށް އުފުލާފައިވަނީ ގާނޫނުލް އުގޫބާތުގެ ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާއެވެ. އެ ދައުވާ މިހާރު ވަނީ ކްރިމިނަލް ކޯޓަށް ހުށައަޅާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން