މޯލްޑިވްސް ކަސްޓަމްސް ސާރވިސްގެ ބެލުމުގެ ދަށުގައި ހުރި 1.83 މިލިއަން ސިނގިރޭޓު ސްޓިކް ނައްތާލައިފިއެވެ.
ކަސްޓަމްސް އިން ބުނީ މި ތަކެތި ނައްތާލާފައި ވަނީ ސ. ހިތަދޫ ޕޯޓު ސަރަޙައްދުގައި ކަމަށެވެ. އަދި މިއީ ޤާނޫނާ ޚިލާފަށް ރާއްޖެ އެތެރެކުރުމަށް މަސައްކަތް ކުރަނިކޮށް ހިފަހައްޓާފައިވާ ސިނގިރޭޓު ސްޓިކުތަކެއްކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.
ސަރުކާރުން ސިނގިރޭޓްގެ ޑިއުޓީ ބޮޑުކުރުމާ ގުޅިގެން ވަގަށް ސިނގިރޭޓް ގެނައުމުގެ މައްސަލަތައް ވަނީ އިތުރުވެފައެވެ. މި އަހަރުގެ ތެރޭގައިވެސް ވަގަށް ސިނގިރޭޓް ގެނައުމާއި ރާއްޖޭގައި ސިނގިރޭޓް އުފެއްދުމާއި ގަވާއިދާ ޚިލާފަށް ސިނގިރޭޓްގެ ވިޔަފާރި ކުރުމުގެ މައްސަލަތައް ފެންމަތިވެފައި ވެއެވެ.
އެގޮތުން ކަސްޓަމްސްއިން ހިފެހެއްޓުމަށްފަހު އެމްޕީއެލްގެ ބެލުމުގެ ދަށުގައި ބަހައްޓާފައި ހުރި ދެ ކޮންޓެއިނަރު ސިނގިރޭޓު ގެއްލުނު މައްސަލައެއް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. އަދި ވިލިމާލޭ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ސިނގިރޭޓުތަކެއް ގެއްލުނު މައްސަލަ ވެސް ދަނީ ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު