ވައިގެމަގުން ރާއްޖެއަށް އެތެރެކުރަން މަސައްކަތްކުރި މިލިއަނެއްހާ ރުފިޔާގެ ކެނަބިސް ކަސްޓަމްސް އިން ހިފަހައްޓައިފިއެވެ.
ކަސްޓަމްސްއިން ބުނީ، ރާއްޖެއަށް ވައިގެ މަގުން އެތެރެކުރަން މަސައްކަތްކުރި 1.2 ކިލޯގްރާމްގެ ކެނަބިސް ހިފެހެއްޓީ މިދިޔަ ހުކުރު ދުވަހުގެ ވަގުތެއްގައި ކަމަށެވެ. އެ ތަކެތީގެ މަގުމަތީ އަގު 936،000 ރުފިޔާއަށް އަރާ ކަމަށް ކަސްޓަމްސްއިން މަޢުލޫމާތުދީފައިވެއެވެ.
މިލިއަނެއްހާ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފައިވާއިރު، ދާދިފަހުން ރައީސް ތަސްދީޤު ކުރެއްވި މަސްތުވާތަކެތީގެ ޤާނޫނުގެ ދަށުން 350 ގްރާމަށް ވުރެ ގިނަ ކެނަބިސް، ނުވަތަ 250 ގްރާމަށް ވުރެ ގިނަ ޑައިމޯފިން، ނުވަތަ 100 ގްރާމަށް ވުރެ ގިނަ ޢަދަދަކަށް ޖަދުވަލު އެކެއްގައި ހިމެނޭ 139 ބާވަތުގެ އެހެނިހެން މަސްތުވާތަކެތި ރާއްޖެ އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދެވޭނެއެވެ.
އަދި މަރުގެ އަދަބު ތަންފީޒުކުރަން ޖެހޭނީ، ދަށު ކޯޓުގެ މަރުހަލާ ނިމި، ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުންގެ އިއްތިފާގުން އެގޮތަށް ހުކުމް ކުރުމުންނެވެ. އަދި އެންމެ ފަނޑިޔާރަކުވެސް ދެކޮޅު ހަދައިފިނަމަ، އެ މީހަކަށް ލިބޭނީ އުމުރަށް ޖަލަށްލުމާއި، އެއްލައްކަ ރުފިޔާއާއި ދިހަ މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ އަދަބެވެ.
މިއަދު ތަސްދީޤުކުރި ބިލުގައިވާ ގޮތުން މަސްތުވާތަކެތި އެތެރެކުރުމުގެ މިފަދަ މައްސަލަތަކުގައި ދައުލަތުން އިއުތިރާފުގެ އެއްބަސްވުމެއް ވެގެން ނުވާނެ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު