އަންނަ އަހަރު ބާއްވާ ކައުންސިލް އިންތިހާބުގައި، އާބާދީގައި 83 ހާސް މީހުން ތިބި މާލެ ސިޓީއަށް މޭޔަރާއެކު 18 ގޮނޑި ކަނޑައަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.
އީސީން މިއަދު އާއްމުކޮށްފައިވާ އިންތިހާބީ ދާއިރާތަކުގެ ވަގުތީ ރިޕޯޓުގައިވާ ގޮތުން، އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީ ކައުންސިލަށް 18 މެންބަރުން އިންތިހާބު ކުރުމަށް ވަނީ ނިންމާފައެވެ.
ރިޕޯޓްގައިވާ ގޮތުން މާލޭގެ އާބާދީއަކީ 83,813 އެވެ. އަދި މާލެއަށް ކަނޑައަޅާފައިވާ 18 ގޮނޑީގެ ތެރޭގައި ހިމެނެނީ މޭޔަރުގެ ގޮނޑީގެ އިތުރުން ކައުންސިލަރުންގެ 17 ގޮނޑިއެވެ. އޭގެއިތުރުން މާލެ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ވެސް ކޮމިޓީގެ ރައީސާއި އިތުރު 17 މެންބަރުން އިންތިޚާބު ކުރާނެއެވެ.
މި އިންތިޚާބުގައި 2000 މީހުންނަށް ވުރެ ކުޑަ އާބާދީ ހިމެނޭ ރަށްރަށަށް އިންތިޚާބުކުރާނީ 3 ކައުންސިލަރުންނެވެ. އަދި 2000 މީހުންނަށް ވުރެ އާބާދީ ބޮޑު ރަށެއް ނަމަ 5 ކައުންސިލަރުން އިންތިޚާބު ކުރާނެއެވެ. އެގޮތުން އިންތިޚާބުގައި ޖުމުލަ 1362 ގޮނޑިއަށް މެންބަރުން އިންތިޚާބު ކުރުމަށް ހަމަޖެހިފައިވެއެވެ.
މީގެ ތެރޭގައި ހިމެނެނީ ކައުންސިލްތަކަށް އިންތިހާބު ކުރާ 681 މެންބަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ހޮވާ 681 މެންބަރުންނެވެ. ރަށު ކައުންސިލްތަކަށް 629 ކައުންސިލަރުން އަދި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިޚާބުކުރަންޖެހެއެވެ. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބީ ދާއިރާގެ ޖުމްލަ އަދަދަކީ 226 އެވެ.
ވަގުތީ ރިޕޯޓުން ދައްކާ ގޮތުގައި، 2000 އަށްވުރެ އާބާދީ ކުޑަވުމުން ތިން ކައުންސިލަރުން ތިބޭނީ ޖުމުލަ 133 ރަށެއްގައެވެ. މިފަދަ ކައުންސިލްތަކަށް އިންތިޚާބުކުރާނީ ކައުންސިލްގެ ރައީސް އަދި އެއް އަންހެން ކައުންސިލަރުން ހިމެނޭ ގޮތަށެވެ. އަދި މި ރަށްރަށުގެ ޑަބްލިޔުޑީސީއަށްވެސް އިންތިޚާބުކުރާނީ ތިން މެންބަރުންނެވެ. މީގެ އިތުރުން، ފަސް ކައުންސިލަރުން ތިބޭނީ 46 ރަށެއްގައެވެ. މި ރަށްރަށުގެ ކައުންސިލްތަކަށް އިންތިޚާބުކުރާނީ ކައުންސިލްގެ ރައީސް އަދި ދެ އަންހެން ކައުންސިލަރުން ހިމެނޭ ގޮތަށެވެ. އަދި މި ރަށްރަށުގެ ޑަބްލިޔުޑީސީއަށްވެސް އިންތިޚާބުކުރާނީ ފަސް މެންބަރުންނެވެ.
އީސީން މިހާރުވަނީ އިންތިހާބީ ދާއިރާތަކަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ. އެގޮތުން މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ހުށަހެޅޭ ޝަކުވާތައް ބަލައިގަތުން ކުރިއަށްދާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރުފަހު 3:00 އަށެވެ. ހުކުރު ދުވަހު ޝަކުވާ ބަލައިގަންނާނީ މެންދުރުފަހު 3:00 އިން ހަވީރު 5:00 އަށެވެ. ޝަކުވާ ހުށަހެޅުމަށް ކޮމިޝަނުގެ އިދާރާއަށް ނުވަތަ މެއިލް މެދުވެރިކޮށްވެސް ހުށަހެޅޭނެ ކަމަށް އީސީން ވަނީ ބުނެފައެވެ.
އަންނަ އަހަރުގެ އޭޕްރީލް 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ސިޔާސީ ޕާޓީތަކުންވެސް މިހާރުވަނީ ޕްރައިމަރީއަށް ހުޅުވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު