ކައުންސިލް އިންތިޚާބު އެމްޑީޕީއަށް ކާމިޔާބު ކޮށްދިނުމަށްޓަކައި ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް، އޭގެއިތުރުން އެމްޑީޕީގެ ރައީސްކަންވެސް ގިނަ ދުވަސްތަކެއް ވަންދެން ކުރެއްވި ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީގެ ވަގުތީ ޗެއާޕާސަން، ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ (ގަޕޯ) އަށް މަރުހަބާ ވިދާޅުވެ މީސްމީޑިއާގައި ޙިއްސާކުރެއްވި މެސެޖެއްގައެވެ. އެގޮތުން ރައީސް ނަޝީދު ވަނީ، ޕާޓީގެ ޔުނިޓީ އޮބަހެއްޓެވުމަށް މަސައްކަތް ކޮށްދެއްވުމަށް ވަގުތީ ޗެއަރޕާސަންގެ އަރިހުން އެދިވަޑައިގެންފައެވެ.
އަދި ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ކާމިޔާބީއަށް ވާސިލްވާން ކުރަން ޖެހޭ މަސައްކަތުގައި އެމަނިކުފާނުގެ ހުރިހާ އެއްބާރުލުމެއް އެމްޑީޕީއަށް ލިބޭނެ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.
ރައީސް ނަޝީދު މިިހެން ވިދާޅުވެފައިވާއިރު މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޣަފޫރު ވަނީ، އެމްޑީޕީގެ އިސް މެންބަރުންގެ މެދުގައި ނުތަނަވަސްކަން އޮތްކަމަށް ވިދާޅުވެފައެވެ.
ނަމަވެސް އެމްޑީޕީގެ ހުރިހާ މެންބަރުންވެސް ސިޔާސީ މަސައްކަތުގައި ދެމިތިބެން ޖެހޭނީ އެމްޑީޕީގައި ކަމަށާއި، އެޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުންނަކީ ދިގުމުއްދަތަކަށް އެކުގައި މަސައްކަތްކުރި އިތުބާރުކުރެވޭ ގާތް ރައްޓެހިން ކަމަށް ޣަފޫރު ވިދާޅުވެފައިވެއެވެ.
ޣަފޫރު މިހެން ވިދާޅުވެފައިވާއިރު ރައީސް މުޙައްމަދު ނަޝީދު އަލުން ޕާޓީއާ ގުޅިވަޑައިގަތުމާ ގުޅިގެން އެމްޑީޕީގެ އެތެރޭގައި އޮތް ދެބަސްވުންތައް އިތުރަށް ވަނީ ބޮޑުވެފައެވެ. އެގޮތުން ދާދިފަހުން ޕާޓީގެ ވަޓްސްއެޕް ގުރޫޕެއްގައި ރައީސް ނަޝީދާއި ރައީސް ޞާލިޙާއި ޕާޓީގެ މުރީގެ ޗެއަރޕާސަން ފައްޔާޒްގެ މެދުގައި ބަހުގެ ޙަމަލާތަކެއްވެސް ބަދަލު ކޮށްފައިވެއެވެ.

MDP ge Vaguthee chairperson MP Abdul Ghafoor ah marhaba. Party ge unity obahattavaa, kuriah mioh local council inthikhaabuga kaamiyaabah vaasilu vaan kuranjehey masahkathuga alhugandu ge hurihaa ehbaarulumeh libeyne.
— Mohamed Nasheed (@MohamedNasheed) December 9, 2025
ރައީސް ނަޝީދު މިިހެން ވިދާޅުވެފައިވާއިރު މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޣަފޫރު ވަނީ، އެމްޑީޕީގެ އިސް މެންބަރުންގެ މެދުގައި ނުތަނަވަސްކަން އޮތްކަމަށް ވިދާޅުވެފައެވެ.
ނަމަވެސް އެމްޑީޕީގެ ހުރިހާ މެންބަރުންވެސް ސިޔާސީ މަސައްކަތުގައި ދެމިތިބެން ޖެހޭނީ އެމްޑީޕީގައި ކަމަށާއި، އެޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުންނަކީ ދިގުމުއްދަތަކަށް އެކުގައި މަސައްކަތްކުރި އިތުބާރުކުރެވޭ ގާތް ރައްޓެހިން ކަމަށް ޣަފޫރު ވިދާޅުވެފައިވެއެވެ.
ޣަފޫރު މިހެން ވިދާޅުވެފައިވާއިރު ރައީސް މުޙައްމަދު ނަޝީދު އަލުން ޕާޓީއާ ގުޅިވަޑައިގަތުމާ ގުޅިގެން އެމްޑީޕީގެ އެތެރޭގައި އޮތް ދެބަސްވުންތައް އިތުރަށް ވަނީ ބޮޑުވެފައެވެ. އެގޮތުން ދާދިފަހުން ޕާޓީގެ ވަޓްސްއެޕް ގުރޫޕެއްގައި ރައީސް ނަޝީދާއި ރައީސް ޞާލިޙާއި ޕާޓީގެ މުރީގެ ޗެއަރޕާސަން ފައްޔާޒްގެ މެދުގައި ބަހުގެ ޙަމަލާތަކެއްވެސް ބަދަލު ކޮށްފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު