އިންޑިޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ރާއްޖޭގެ ސިވިލް ސާވިސް މުވައްޒިފުންގެ ބަލަދުވެރި ފަރާތްކަމުގައިވާ ސިވިލްސާވިސް ކޮމިޝަނާއި ކުއްލި ގޮތަކަށް ބައްދަލު ކުރެއްވުމުން ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ ފާޑު ވިދާޅުވެއްޖެ އެވެ.

އިއްޔެގެ ވަގުތެއްގައި އިންޑިޔާގެ ހައިކޮމިޝަންގައި ބޭއްވި މިބައްދަލުވުމާއި ގުޅިގެން މުހައްމަދު ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންޑިޔާ ސަފީރު މިއަދު މަސައްކަތް ކުރައްވަމުން ގެންދަވަނީ ރާއްޖޭގައި ތިއްބެވި އެހެން ޤައުމުތަކުގެ ސަފީރުންނާއި ޚިލާފަށް ރާއްޖޭގެ ހުރިހާ މުއައްސަސާއަކާއި، މިނިވަން ކޮމިޝަންތަކަށްވެސް ބާރު ފޯރުވައި ނުފޫޒު ފޯރުވާ ގޮތަކަށް ކަމަށެވެ.

ދިވެހި ރާއްޖޭގެ އެންމެބޮޑު ވަޒީފާގެ އާބާދީ ހިމެނޭ ދިވެހި ސިވިލް ސާވިސް މުވައްޒިފުންގެ ކަންކަން މަތިކޮށްފައިވާ ސިވިލްސާވިސް ކޮމިޝަންގެ ވެރިންނާއި އިންޑިޔާ ސަފީރު ބައްދަލު ކުރައްވައި ކަންކަމާއި މަޝްވަރާ ކުރެއްވުމުގެ އެއްވެސް ބޭނުމެއް ފެނިވަޑައި ނުގަންނާވާ ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި މިއީ ޤައުމުގެ ކަންކަން ބޮއްސުންލައި ވަކި ބައެއްގެ މުށު ތެރޭގައި ޤައުމު އޮތްކަން ހާމަވާ ކަމެއްކަމަށް ނަޝީދު ވިދާޅުވި އެވެ. ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރި ކުރުމަށް ދިވެހި ރައްޔިތުން ނިކުމެ މިކަންކަން ހައްލު ކުރުމަކީ ދުރު ކަމެއް ނޫންކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

"އިންޑިޔާ ސަފީރު ސިވިލްސާވިސް ކޮމިޝަންގެ މެމްބަރުންނާ ބައްދަލު ކުރަންޖެހޭ ސަބަބެއް ނޯންނާނެ. ސަފީރުގެ ކަންކަން މާ މަތީގަ ހުރިހެން ހީވާން ފަށައިފި. މިކަން ހައްލު ކުރަން ރައްޔިތުން ނިކުތީމާ އެހާ ރީތި ނުވާނެ." ނަޝީދު ވިދާޅުވި ވެއެވެ.

ނަޝީދު މިފަދައިން ވިދާޅުވަފައިވާއިރު، އިންޑީޔާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ދަނީ ރާއްޖޭގެ އެކި ވުޒާރާތަކުގެ ވަޒީރުންނާއި، މިނިވަން ކޮމިޝަންތަކާއި އަދި އާންމު ވަކިވަކި ސިޔާސީ އިސްވެރިންނާއި ބައްދަލު ކުރައްވައި ބައެއް ކަންކަމާއިމެދު މަޝްވަރާ ކުރައްވަމުންނެވެ. މިބައްދަލުވުންތަކުގައި ގިނަ ފަހަރަށް ސަފީރު ފެނިގެންދަނީ ވަޒީރުންނާއި، ދައުލަތުގެ އިސްވެރިންނަށް ވުރެވެސް މާއިސްކޮށް މާ ބޮޑަށް ރާއްޖޭގެ ކަންކަމަށް ބަސްވިދާޅިވާ ބޭފުޅެއްގެ ގޮތުގައި ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.

އަދި މިއަދު އިންޑިޔާއިން ރާއްޖެއަށް ދެމުންދާ އެހީތެރިކަމާއި ބޮޑެތި ލޯނުތަކަކީ ރާއްޖޭގެ މައްޗަށް އިންޑިޔާއިން އަތްގަދަކޮށް ރާއްޖޭގެ އެތެރޭގެ ކަންކަން ނިންމުމުގައި އިންޑިޔާގެ ނުފޫޒު ވެއްދުމަށް ކުރާ ކަމެއްކަމަށްވެސް އިދިކޮޅުން ދަނީ ތުހުމަތު ކުރަމުންނެވެ. އިންޑިޔާއާއި ރާއްޖޭގެ ސަރުކާރާއެކު ހަދަމުންދާ އެއްބަސްވުންތަކާއި، ޑީލްތަކާއި ދެކޮޅަށް އެތައް ބަޔަކު ސޯޝަލް މީޑީޔާގައި ދަނީ ނުރުހުންވެސް ފާޅު ކުރަމުންނެވެ.

ސަރުކާރުން ބުނަނީ އިދިކޮޅު ފަރާތްތަކުން އިންޑިއާއައި ރާއްޖެއާއި ދެމެދު މިހާރު އޮތް ގާތްގުޅުމާމެދު ނަފުރަތު ކުރަނީ އިންޑިއާގެ އެހީގައި ހިންގާ ބިޔަ މަޝްރޫޢުތައް ފެނި އެކަން ހަޖަމު ނުކުރެވޭތީ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


0

ސަމީރު

30-Sep-2020

މިދިޔަ 2 އަހަރުގެ ތެރޭގަ ސިވިލްސަރވިސް އެތައް މުވައްޒަފުންތަކަކަށް ބޭނުންތެރި އެތައް ޓްރެއިނިންގ ކޯސްތަކެއް ދީ އަދި ދިނުމަށް ނިންމާފައިވާކަން ނޭގޭ ކނޑުކޮސް މެންބަރުން މިއުޅެނީ ...ޑރގ


-6

ތުނިޔަ

30-Sep-2020

ތިޔައީ ރަގަޅުކަމަކަށް ނުވާނެއެވެ އަށްޑޫޫސިޓީއާއި ތިބުނާއެފުރިކާއާއި ދަތުރުފަތުރު ގުޅާލުން ސޯމާލިޔާގެ ޒައްބާރުގާޖެހި ބޮޑަތި ގެއްލުންތަކެއް ލިބުމަކީ ވަރަށްއެކަސީގެންވާކަމެކެވެ


4

ތުނިޔަ

30-Sep-2020

ތިޔައީ ރަގަޅުކަމަކަށް ނުވާނެއެވެ އަށްޑޫޫސިޓީއާއި ތިބުނާއެފުރިކާއާއި ދަތުރުފަތުރު ގުޅާލުން ސޯމާލިޔާގެ ޒައްބާރުގާޖެހި ބޮޑަތި ގެއްލުންތަކެއް ލިބުމަކީ ވަރަށްއެކަސީގެންވާކަމެކެވެ


-6

ތުނިޔަ

30-Sep-2020

ތިޔައީ ރަގަޅުކަމަކަށް ނުވާނެއެވެ އަށްޑޫޫސިޓީއާއި ތިބުނާއެފުރިކާއާއި ދަތުރުފަތުރު ގުޅާލުން ސޯމާލިޔާގެ ޒައްބާރުގާޖެހި ބޮޑަތި ގެއްލުންތަކެއް ލިބުމަކީ ވަރަށްއެކަސީގެންވާކަމެކެވެ


-2

ތުނިޔަ

30-Sep-2020

އެމްޑީޕީ ގެ ވެރިން އަަބަދުވެސް ދެހާސް ނުވަދިހަފަހަކުން ފެށިގެން އެއްމެއެކުވެރި އިންޑިޔާ އާއި އަދި އެކުވެރި އެހެންގައުމުތަކާއި، ޒަމާއަތްތަކާއި ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ އަސްލާމީ ދައުލަތްތަކާއި ދޭތެރެ ޖެހޭ ހުރިހާ ކަމެއް ކުރަމުންނެވެ މިކަމުގެ ސަބަބުން އިންޑިޔާގެ ޓުރެވިންޑުރަމް އަކީ ދިވެހިން އެއްމެގިނައިން ދާތަނެވެ މިކަމުގެ ސަބަބުން މުޅިންއެސަހަރު ވަނީ ހެޔޮބަދަލުތަކެއް އައިސްފައިވެ އަދި އިންޑިޔާގެ ގިނަސަހަހަރުު ވަނީ ހެހޮބަދަލު ތަކެއްއަައިސްފައެވެ ނަމަވެސް މިހާރު ކަންހިގާގޮތުން ދެގައުމުގެ ރައްޔިތުންނާ ޖެހޭގޮތްވުމަކީ އެކަށީގެންވާކަމެކެވެ އަދިި އިންޑިޔާގެ ނިކަކަމެެތިރައްޔިތުން ނަށް ދިވެހިންގެ ފަރާތުން ލިބިގެންދިޔަ މަދަދު އެމީހުންވެސް ފާހަގަ ކުރާނެކަމެއްކަންޔަގީނެވެ.


-7

ގައުމީ ލޯބި

29-Sep-2020

ދިވެހީންނަށް ޖެއްސުން ދޯ ތިކުރައްވަނީ.. މިވަރަށް އިންޑިޔާ ބޭުރކުރަން ގޮވާއިރުވެސް ކަހާތާ ހިރުވާވެސް ނުލާ ބާރުމިނުގަިއ އިންޑިޔާގެ އުގައްވެއްޓި، އެމީހުންގެ އައްޑާތައް ގާއިމުކުރަމުން ތިޔަގެންދަވަނީ.. މިއަން ފަހަރު ވޯޓުދޭނީ އިންޑިޔާމީހުން ތޯ؟ ނިކަން ތިބޭ އަހަރުމެން ކާރިޔަށް އާދޭސް ކުރަން ނައިސް ނުތިބެވޭނެ.. އިންޝާ ﷲ އެދުވަހުން ރައްދު ޖަވާބު ވަރަށް ފުރިހަމަ ކޮށް އަރުވާނަން.. #އިންޑިއާ އައުޓް.



ޓްރެންޑިން