ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ހުސްވި ނޮވެމްބަރު މަހުގެ ތެރޭގައި ޑޮލަރުގެ ގޮތުގައި 103.2 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މީރާއިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ނޮވެމްބަރު މަހު ޖުމްލަ 2.2 ބިލިއަން ރުފިޔާގެ އާމްދަނީ ލިބިފައިވާއިރު އެއީ ލަފާކުރި ވަރަށް ވުރެ 6.7 އިންސައްތައަށްވުރެ އިތުރު އަދަދެކެވެ. އަދި މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ލިބުނު އާމްދަނީއަށް ވުރެ 16.6 އިންސައްތަ އިތުރު އަދަދެކެވެ.
މިދިޔަމަހު މީރާއަށް ލިބުނު އާމްދަނީގެ 21 އިންސައްތަ ހިއްސާކުރަނީ، ކުރިން ނުލިބިހުރި ފައިސާ އަނބުރާ ހޯދުމަށް މީރާއިން ކުރި މަސައްކަތުން ލިބުނު ފައިސާއެވެ.
އެގޮތުން ޖީއެސްޓީގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ، ގްރީން ޓެކްސްގެ ގޮތުގައި 191 މިލިއަން ރުފިޔާ، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 175.8 މިލިއަން ރުފިޔާ، ޑިޕާޗާ ޓެކްސްގެ ގޮތުގައި 164.9 މިލިއަން ރުފިޔާ، އިންކަމް ޓެކްސްގެ ގޮތުގައި 131.6 މިލިއަން ރުފިޔާ އަދި ވޯކް ޕާމިޓް ފީގެ ގޮތުގައި 63.8 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
މިދިޔަ ނޮވެމްބަރު މަހު ދައުލަތަށް ލިބުނު އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ޓޫރިސްޓް ގުޑްސް އެންޑް ސަރވިސް ޓެކްސް (ޓީޖީއެސްޓީ)، ގްރީން ޓެކްސް އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އާއި ޑިޕާޗާ ޓެކްސް ފަދަ އެއާޕޯޓް ޓެކްސްގެ ގޮތުގައި ބަލައިގަތް އަދަދު އިތުރުވުން ކަމަށް މީރާއިން ވަނީ ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު