އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލްގެ މައްޗަށް ކުރިހޯދައި ލިވަޕޫލުން ފެންވަރު ދައްކާލައިފިއެވެ.
ލިވަޕޫލްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ފަހަތުން އަރައި އެޓީމު މޮޅުވީ 3-1 ގެ ނަތީޖާ އިންނެވެ. މި މެޗުގެ ފުރަތަމަ ގޯލް ޖަހައި ލީޑްނެގީ އާސެނަލް އެވެ. އާސެނަލަށް ލީޑުނަގައިދިނީ މެޗުގެ 25 ވަނަ މިނިޓްގައި ލިވަޕޫލްގެ އެންޑީ ރޮބަޓްސަން ހެދި ގޯހެއްގެ ފައިދާނަގައި އަލެކްސަންޑަ ލަކަޒޭޓް އެވެ.
ނަމަވެސް އޭގެ ދެމިނެޓް ފަހުން މެޗުގެ 27 ވަނަ މިނިޓްގައި މާނޭ ވަނީ ލިވަޕޫލަށް އެއްވަރުކޮށްދީފަ އެވެ. ލިވަޕޫލްގެ މުހައްމަދު ސަލާހު ޖެހި ބޯޅަ އާސެނަލްގެ ކީޕަރު ލެނޯ އަތުގައި ޖެހިފައި މާނޭ އަށް ލިބުމުން އޭނާ ވަނީ ހަމަޖެހިފައި ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން މެޗުގެ 34 ވަނަ މިނިޓްގައި ލިވަޕޫލަށް ލީޑުނަގައިދިނީ ރޮބަޓްސަން އެވެ. މި މެޗުން ލިވަޕޫލަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިން ގޯލު ޖެހީ ޑިއޯގޯ ޔޮޓާ އެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އަރައި ޔޮޓާ މި ލަނޑު ޖެހީ އޭރިއާ ރޮނގުކައިރިން ތިރިތިރިން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެންނެވެ.
ރޭގެ ނަތީޖާ އާއެކު މިހާތަނަށް ލީގުގައި ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށް ލިވަޕޫލް ވަނީ ޓޭބަލްގެ ދެވަނަ އަށް ޖެހިލައިފަ އެވެ. ލިވަޕޫލާ އެއްވަރަށް ޕޮއިންޓް ލިބިގެން ޓޭބަލްގެ އެއްވަނައިގައި ލެސްޓަރ ސިޓީ އޮތްއިރު އާސެނަލް އޮތީ ލީގުގައި ކުޅުނު ފުރަތަމަ ދެ މެޗުން ލިބުނު ހަ ޕޮއިންޓާ އެކު ޓޭބަލްގެ ފަސް ވަނައިގަ އެވެ.
ފުލަމް އަތުން 3-0 އިން މޮޅުވީ އެސްޓަން ވިލާ
ލީގުގައި ރޭ ފުލަމް އަތުން 3-0 އިން މޮޅުވެ އެސްޓަން ވިލާ ވެސް ވަނީ މޮޅުވުމުގެ ސިލްސިލާ ދަމަހައްޓައިފަ އެވެ.
ފުލަމްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި އެސްޓަން ވިލާއިން މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގިއިރު، މެޗުގެ 4 ވަނަ މިނެޓުގައި އެޓީމަށް މި ލަނޑު ޖަހައިދިނީ ޖެކް ގްރީލިޝްއެވެ. އެސްޓަން ވިލާއިން މެޗުގެ ފުރަތަމަ ހާފު ނިމުގެ ކުރިން އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކުރިއިރު، މެޗުގެ 15 ވަނަ މިނެޓުގައި މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ކޯނޯ ހޮރިހާނޭއެވެ.
މެޗުގެ ފަހު ހާފުގައިވެސް އެސްޓަން ވިލާއިން ރަނގަޅު ކުޅުމެއް ދެއްކިއިރު، އެޓީމުގެ ތިންވަނަ ލަނޑު ކާމިޔާބު ކޮށް ލީޑު އިތުރަށް ފުޅާކުރީ ޓީރޯނީ މިންގްސް ކާމިޔާބު ކޮށްދިން ލަނޑުންނެވެ.
ރޭގެ މި މެޗުން މޮޅުވެ އެސްޓަން ވިލާއިން ތިން ޕޮއިންޓު ހޯދިއިރު، މިއީ ލީގުގައި އެޓީމުން ކުޅުނު ދެވަނަ މެޗެވެ. ދެމެޗުން ވެސް އެސްޓަން ވިލާ ވަނީ މޮޅުވެފައެވެ. އެގޮތުން ކުޅުނު ދެމެޗުން ލިބުނު ހަ ޕޮއިންޓާއި އެކު އެޓީމުން ވަނީ ޕޮއިންޓު ތާވަލުގެ ހަތަރު ވަނަ އަށް ޖެހިލާފައެވެ. އަދި މި މެޗުން އެސްޓަން ވިލާ އަތުން ބަލިވި ފުލަމް އަށް މިހާތަނަށް ތިން މެޗު ކުޅެފައިވާއިރު، އެއްވެސް މެޗަކުން މޮޅެއް ހޯދިފައެއް ނުވެއެވެ. ފުލަމް މިވަގުތު އޮތީ ޕޮއިންޓެއް ނުލިބި ޕޮއިންޓު ތާވަލުގެ އެންމެ ފުލުގައެވެ. ލީގުގައި އާދިއްތަ ދުވަހުގެރޭ އެސްޓަން ވިލާ އަމިއްލަ ދަނޑުގައި ބައްދަލުކުރާނީ ލިވަޕޫލާ އެވެ.

ކިޔުންތެރިންގެ ހިޔާލު