ބިޒްނަސް ސެންޓަރު އެޅުމަށް ބީއެމްއެލްއާ ބިން ހަވާލުކުރުން، ފޮޓޯ: ކުޅުދުއްފުށީ ސިޓީ ކައުންސިލް
ބިޒްނަސް ސެންޓަރު އެޅުމަށް ބީއެމްއެލްއާ ބިން ހަވާލުކުރުން، ފޮޓޯ: ކުޅުދުއްފުށީ ސިޓީ ކައުންސިލް
ކުޅުދުއްފުށީ ސިޓީގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބިޒްނަސް ސެންޓަރެއް ތަރައްގީކުރަން ނިންމައިފިއެވެ.

ކުޅުދުއްފުށި ސިޓީ ކައުންސިލުން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ އެ ސިޓީގައި ބޭންކް އޮފް މޯލްޑިވްސްގެ ބިޒްނަސް ސެންޓަރެއް ޤާއިމުކުރުމަށްޓަކައި 10 އަހަރު ދުވަހަށް ބަނޑާރަހިޔާ ސަރަހައްދުން 1000 އަކަފޫޓްގެ ބިމެއް ކުއްޔަށްދޫކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފައިވާ ކަމަށެވެ.

އެ ބިމުގެ ކުއްޔަކީ މަހަކަށް 5000ރ. ކަމަށް ކުޅުދުއްފުށީ ކައުންސިލުން ވަނީ ބުނެފައެެވެ.

އެ ކައުންސިލުން ބުނީ ލާމަރުކަޒީ ޤާނޫނަށް 16 ވަނަ އިޞްލާހު ގެނެވުނު ފަހުން ބިންގާ އަޅާފައިވާ މި ބިޒްނަސް ސެންޓަރުގެ އެއްބަސްވުމުގައި ސޮއިކުރެވިފައި މިވަނީ، އެ އިޞްލާހާއި ގުޅިގެން ސަރުކާރުން އެކުލަވާލާފައިވާ ނަންބަރު: 20-ޖީ/2025 އުޞޫލާއި އެއްގޮތްވާގޮތުގެ މަތިން މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާއި ބެހޭ ވުޒާރާގެ ހުއްދަ ލިބުމުން ކަމަށެވެ.

މި ބިމުން ކުޅުދުއްފުށީ ސިޓީ ކައުންސިލަށް އަހަރަކު 60،000 ރުފިޔާ އަދި 10 އަހަރުން 600،000 ރުފިޔާ ލިބޭނެއެވެ.



ކިޔުންތެރިންގެ ހިޔާލު