ކޯވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައިވެސް ހިތުގެ އެކި ބަލިތަކުން ރައްކާތެރިވާން މަސައްކަތް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް އިލްތިމާސް ކުރައްވައިފިއެވެ.
މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤުވާމީ ހިތުގެ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޓުވީޓެއްގައި ރައީސް ޞާލިޙް ވިދާޅުވީ، ކޯވިޑް-19 ގެ ބަލިމަޑުކަމުން ދިރިއުޅުމަށް އެތައްބަދަލު ތަކެއް އައިސްފައިވާ ކަމަށާއި، އެކި ކަންކަމާ ކަންބޮޑުވުމާއި މާޔޫސްވުމަކީ ކޮންމެ ދުވަހަކު ތަހައްމަލް ކުރަންޖެހިފައިވާ ކަމެއް ކަމަށެވެ.
މިއަދު މިފާހަގަ ކުރާ ދުނިޔޭގެ ހިތުގެ ދުވަހުގައި އަޅުގަނޑުމެން އެންމެންނަކީވެސް ކަސްރަތާއި އިތުރު ހަރަކާތްތެރިކަން އިސްކުރާ، ސިއްހަތަށް ފައިދާ ހުރި ކަންކަމަށް ލޯބިކުރާ ބަޔަކަށް ވުމަށް ރައީސް ވަނީ އިލްތިމާސް ކުރަށްވާފައެވެ.
"ކޮވިޑް-19 ގެ ބަލިމަޑުކަމުން ދިރިއުޅުމަށް އެތައްބަދަލު ތަކެއް އައިސް، އެކި ކަންކަމާ ކަންބޮޑުވުމާއި މާޔޫސްވުމަކީ ކޮންމެ ދުވަހަކު ތަހައްމަލް ކުރަންޖެހޭ ކަމަކަށް ވެއްޖެ. މިއަދު މިފާހަގަ ކުރެވޭ ދުނިޔޭގެ ހިތުގެ ދުވަހުގައި އަޅުގަނޑުމެން އެންމެންނަކީ ކަސްރަތާއި އިތުރު ހަރަކާތްތެރިކަން އިސްކުރާ، ސިއްހަތަށް ފައިދާ ހުރި ކަންކަމަށް ލޯބިކުރާ ބަޔަކަށް ވަމާ ހިންގަވާ." ރައީސް ވިދާޅުވެފައި ވެއެވެ.
ދުނިޔޭގެ ހިތުގެ ދުވަހުގެ މުނާސަބަތުގައި ހެލްތް މިނިސްޓްރީ ހިންގެވުމާ ވަގުތީގޮތުން ހަވާލުވެވަޑައިގެން ހުންނެވި ހައުސިން މިނިސްޓަރު މުޙައްމަދު އަސްލަމް ދެއްވި ވީޑިއޯ މެސެޖުގައި ވިދާޅުވީ މިފަދަ ދުވަހެއްގައި ހިތަށް އަނިޔާވާ އެންމެހާ ކަންކަމުން ދުރުހެލިވުމަށް އަޒުމް ކަނޑައަޅަންޖެހޭ ކަމަށެވެ. އަދި ހިތުގެ ވިންދުޖެހުން ދުޅަހެޔޮކޮށް ބެހެއްޓުމަކީ މުހިއްމުކަމެއް ކަމަށާއި، އުފާވެރި ހަޔާތެއް ލިބޭނީ ދުޅަހެޔޮ ހިތަކާއެކުގައިކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ކޮންމެ އަހަރެއްގެވެސް ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަސް ފާހަގަ ކުރަނީ، ދުނިޔޭގެ ހިތުގެ ދުވަހުގެ ގޮތުގައެވެ. މިއަދުގެ ޝިއާރެއް ކަމުގައި ވޯލްޑް ހާޓް ފެޑަރޭޝަނުން މިއަހަރަށް ކަނޑައަޅާފައިވާ ޝިއާރަކީ "ޔޫޒް ހާޓް"އެވެ. މި ޝިއާރުން ބާރު އަޅަނީ، ހިތާއި ލޭހޮޅިތަކަށް ޖެހޭ ބަލިތަކުން ދުރުވުމަށް ހިތް ބޭނުން ކުރުމަށާ، މުޖުތަމައާއި، ލޯބިވާ މީހުންނާއި އަމިއްލަ ނަފްސަށްޓަކައި "ހިތް ބޭނުން" ކުރުމަށެވެ.

Covid-19 has slowed down the pace of life, while adding stress and anxiety to our daily experience. On this #WorldHeartDay let us stay active and adopt healthier lifestyles and, use ❤️ to beat back heart diseases, while weathering the storm of this pandemic. @TinyHeartsMV
— Ibrahim Mohamed Solih (@ibusolih) September 29, 2020
ދުނިޔޭގެ ހިތުގެ ދުވަހުގެ މުނާސަބަތުގައި ހެލްތް މިނިސްޓްރީ ހިންގެވުމާ ވަގުތީގޮތުން ހަވާލުވެވަޑައިގެން ހުންނެވި ހައުސިން މިނިސްޓަރު މުޙައްމަދު އަސްލަމް ދެއްވި ވީޑިއޯ މެސެޖުގައި ވިދާޅުވީ މިފަދަ ދުވަހެއްގައި ހިތަށް އަނިޔާވާ އެންމެހާ ކަންކަމުން ދުރުހެލިވުމަށް އަޒުމް ކަނޑައަޅަންޖެހޭ ކަމަށެވެ. އަދި ހިތުގެ ވިންދުޖެހުން ދުޅަހެޔޮކޮށް ބެހެއްޓުމަކީ މުހިއްމުކަމެއް ކަމަށާއި، އުފާވެރި ހަޔާތެއް ލިބޭނީ ދުޅަހެޔޮ ހިތަކާއެކުގައިކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ކޮންމެ އަހަރެއްގެވެސް ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަސް ފާހަގަ ކުރަނީ، ދުނިޔޭގެ ހިތުގެ ދުވަހުގެ ގޮތުގައެވެ. މިއަދުގެ ޝިއާރެއް ކަމުގައި ވޯލްޑް ހާޓް ފެޑަރޭޝަނުން މިއަހަރަށް ކަނޑައަޅާފައިވާ ޝިއާރަކީ "ޔޫޒް ހާޓް"އެވެ. މި ޝިއާރުން ބާރު އަޅަނީ، ހިތާއި ލޭހޮޅިތަކަށް ޖެހޭ ބަލިތަކުން ދުރުވުމަށް ހިތް ބޭނުން ކުރުމަށާ، މުޖުތަމައާއި، ލޯބިވާ މީހުންނާއި އަމިއްލަ ނަފްސަށްޓަކައި "ހިތް ބޭނުން" ކުރުމަށެވެ.
ކިޔުންތެރިންގެ ހިޔާލު