ސްޓެލްކޯގެ މަސައްކަތު މާހައުލަކީ މުވައްޒަފުންނަށް ސަލާމަތްތެރި ރައްކާތެރި މާހައުލެއްތޯ، ރައްޔިތުންގެ މަޖިލިހުގެ އެސް.އޯ.އީ. ކޮމެޓީ މެދުވެރިކޮށް ކަށަވަރުކޮށްދިނުމަށް، މަޖިލިހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) އެދިވަޑައިގެންފިއެވެ.
ސްޓެލްކޯ ހުޅުމާލެ ބާ އިންޖީނުގޭގައި މިދިޔަ މަހުގެ 26 ވަނަ ދުވަހު ހިނގި ޙާދިސާއެއްގައި ކަރަންޓުގައި ޖެހުނު މުވައްޒަފަކު ވަނީ ނިޔާވެފައެވެ. އޭނާ ނިޔާވީ، ލިބުނު އަނިޔާތަކަށް ފަރުވާ ދިނުމަށް އެ ކުންފުނީގެ ޚަރަދުގައި ތައިލެންޑަށް ގެންގޮސް ފަރުވާދެމުން ގެންދަނިކޮށެވެ.
މި ޙާދިސާ އާ ގުޅިގެން، ކުންފުނީގެ މުވައްޒަފުންގެ މަސައްކަތު މާޙައުލުގެ ރައްކާތެރިކަން ކަށަވަރުވެފައި ހުރިތޯ ބަލައިދިނުމަށް އެދި މަޖިލިހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ މެމްބަރު ކުޑޫ ފޮނުއްވި ސިޓީގައި ވަނީ ސްޓެލްކޯ މުވައްޒަފުން މަސައްކަތްކުރާ މާޙައުލަކީ ސަލާމަތީ ކަންތައްތައް ފުރިހަމަވެފައި ހުންނަ ތަނެއްތޯ އެ ކުންފުނީން ބަލާތޯ ވިދާޅުވެ ސުވާލުކުރައްވާފައެވެ.
އަދި އެ ކަމަށް އުޞޫލުތަކެއް ހެދިފައި ހުރިތޯ އާއި، ހުރި ނަމަ އެ އުޞޫލުތައް މަޖިލިހާ ޙިއްޞާކޮށްދިނުމަށް ވެސް މެންބަރު ވަނީ އެދިވަޑައިގެންފައެވެ.
މީގެ އިތުރުން، ޙާދިސާގެ ތަޙުޤީޤެއް ހިންގާފައިވޭތޯ އާއި، ވާނަމަ އޭގެ ތަފްޞީލު މަޖިލިހާ ޙިއްޞާކޮށްދިނުމަށާއި، ޙާދިސާ ހިނގަން މެދުވެރިވި ސަބަބު އޮޅުން ފިލާފައިވާ ނަމަ އެ ސަބަބު ކިޔައިދިނުމަށާއި، އެއްވެސް ފަރާތެއްގެ އިހުމާލެއް ވާ ނަމަ ކުންފުނީން ކަންކުރާނީ ކިހިނަކުން ކަން ކިޔައިދިނުމަށް ވެސް މެންބަރު ވަނީ އެދިވަޑައިގެންފައެވެ.
ހަމައެއާއެކު މިފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް ސްޓެލްކޯއިން އަޅަން ނިންމާފައިވާ ފިޔަވަޅުތަކާއި، އަދި ނިޔާވި މީހާއަށް ބަދަލު ހަމަޖައްސައިދިނުމާއި، ޢާއިލާއަށް އެހީތެރިވެދިން ގޮތްތައް ވެސް މަޖިލިހަށް އޮޅުން ފިލުވައިދޭން ވާނެކަމަށް ކުޑޫގެ ސިޓީގައި ވެއެވެ.
ސްޓެލްކޯ ހުޅުމާލެ ބާ އިންޖީނުގޭގެ މީޑިއަމް ވޯލްޓޭޖް ޕެނަލަކަށް ދިމާވި މައްސަލައަކާ ގުޅިގެން ހިނގި ޙާދިސާގައި ނިޔާވީ، ސުޕަވައިޒަރެއްގެ މަޤާމުގައި ހުރި އަޙުމަދު އަޒްމީލް (43އ) އެވެ. ތައިލެންޑުގައި ނިޔާވި އަޒްމީލުގެ ހަށިގަނޑު މާލެ ގެނެސް، ރޭ ވަނީ ޖަނާޒާއަށްފަހު ވަޅުލާފައެވެ.

ކިޔުންތެރިންގެ ހިޔާލު