ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޙުސައިން ޝަމީމް ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަލްއުސްތާޛާ ޢާއިޝަތު ރިޒްނާއާ ބައްދަލު ކުރެއްވުން
ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޙުސައިން ޝަމީމް ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަލްއުސްތާޛާ ޢާއިޝަތު ރިޒްނާއާ ބައްދަލު ކުރެއްވުން
ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޙުސައިން ޝަމީމް ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަލްއުސްތާޛާ ޢާއިޝަތު ރިޒްނާއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވިފައިވަނީ ދެ ކަމަކާއި ގުޅޭގޮތުން ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

އެގޮތުން މިއަހަރުގެ ނޮވެންބަރު މަހުގެ 1ވަނަ ދުވަހުން ފެށިގެެން، މެޖިސްޓްރޭޓް ކޯޓުތަކާއި، ދަށު ކޯޓުތަކުގެ އިބްތިދާއީ އަޑުއެހުންތަކުގައި ދައުލަތުގެ ފަރާތުން ބައިވެރިވާނީ ހަމައެކަނި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކަމަށާއި، މިކަމާ ގުޅިގެން ކޯޓުތަކުން ހަމަޖައްސަވަންޖެހޭ އިންތިޒާމްތައް ހަމަޖެއްސެވުމަށްވެސް ޕްރޮސިކިއުޓަރ ޖެނެރަލްވަނީ ހުށަހަޅުއްވާފައެވެ. އެކަމުގެ ސަބަބުން އަތޮޅުތެރޭގެ މެޖިސްޓްރޭޓް ކޯޓްތަކަށް ކުރާ ދަތުރުތަކާއި، އެހެނިހެން ޚަރަދުގެ ބޮޑު ބައެއް ސަލާމަތް ކުރެވޭނެ ކަމަށާއި އަދި ވަގުތުވެސް ސަލާމަތް ކުރެވޭނެ ކަމަށް ޕީޖީ ޝަމީމު ވިދާޅުވި އެވެ.

އަދި އަންނަ އަހަރުން ފެށިގެން ޝަރުޢީ ކޯޓުތަކަށް ހުށަހަޅާ ޖިނާއީ މައްސަލަތައް ހުށަހަޅާނީ އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށްކަމަށް ނިންމަވާފައިވާތީ މިކަމާ ގުޅިގެން ކޯޓުތަކުން ހަމަޖައްސަވަންޖެހޭ އިންތިޒާމްތައް ހަމަޖެއްސެވުމަށް ޕްރޮސެކިއުޓަރ ޖެނަރަލްވަނީ މިއަދުގެ ބައްދަލުވުމުގައި އެދިލައްވާފައެވެ. މިކަމުގެ ސަބަބުން މައްސަލަތައް ހުށަހެޅުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރެވި، ޖިނާއީ މައްސަލަތައް ކޯޓަށް ހުށަހެޅުމުގެ ކަންކަން ޒަމާނީ ނިޒާމަކަށް ބަދަލު ކުރެވޭނެކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްއާ ޙަވާލާދެއްވައި ޕީޖީ އޮފީހުން ބުނެފައި ވެއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ ގާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ކުރިން ސުޕްރީމް ކޯޓުގެ ދަށުން ހިންގަމުންދިޔަ، ޑީޖޭއޭ ވަނީ ޖޭއެސްސީގެ ދަށަށް ބަދަލުކޮށްފައެވެ. ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ ޗީފް ޖުޑިޝަރީ އެޑްމިނިސްޓަރޭޓަރގެ މަގާމަށް މ. ބަނަފްސާވިލާ، އަލްއުސްތާޛާ އާއިޝަތު ރިޒުނާ އައްޔަން ކުރައްވާފައިވަނީ މިމަހުގެ 27 ވަނަ ދުވަހު އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން