ކުވެއިތުގެ އަމީރަކީ ސުލްހަޔަށް މަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށާއި، އެމަނިކުފާނު އަވަހާރަވުމުން ދުނިޔެއަށް ގެއްލިގެން އެ ދިޔައީ އިސްލާހާއި ސުލްހައަށް މަސައްކަތް ކުރެއްވި ވެރިއެއް ކަމަށް ރައީސް އިބްރާހިމް މުހަންމަދު ސޯލިހް މިރޭ ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގެއްލިގެން ދިޔައީ ދުނިޔެ އަށް އިސްލާހީ ބޮޑެތި ބަދަލުތަކެއް ގެންނެވި ބޭފުޅެއް ކަމަށެވެ. އަދި ހާރިޖީ ކަންކަމުގައި އަރާ ހުންނެވި ބޭފުޅެއް ކަމަށާއި ކުވެއިތުގެ އަމީރަކީ ސުލްހައިގެ ކަންކަމުގައި މަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. ކުވެއިތުގެ އަމީރު ޝައިހް ސަބާހް އަލް އަހުމަދު އަލް ސަބާހު އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވެވަޑައިގެން ރައީސްގެ ޓުވީޓުގައި ވަނީ ތައުޒިޔާ ފޮނުއްވާފައެވެ.
ކުވެއިތުގެ އަމީރު އަވަހާރަވިއިރު އުމުރުފުޅަކީ 91 އަހަރެވެ. ޝައިހް ސަބާހު އާލާސްކަންފުޅާ އުޅުއްވާތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު، ސާޖަރީއަކާ ގުޅިގެން އިތުރު ފަރުވާ އަށް މިދިޔަ ޖުލައި މަހުގެ ތެރޭގައި އެމަނިކުފާނު ވަނީ ގައުމުން ބޭރަށް ވަޑައިގެންފައެވެ. ޝެއިހް ސަބާހް އަވަހާރަވީ އެމެރިކާގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުން ދަނިކޮށެވެ. ކުވައިތުގެ ފޮރިން މިނިސްޓަރުކަން 40 އަހަރަށްވުރެ ގިނަ ދުވަހު ކުރައްވާފައިވާ ޝައިހް ސަބާހް އަކީ މިހާރު ކުވެއިތުން ދެކެމުން އަންނަ އުމްރާނީ ތަރައްގީގެ ބާނީ އެވެ. ކުވެއިތުގެ ބޮޑުވަޒީރުކަން ވެސް ކުރެއްވި ސަބާހު އެގައުމުގެ އަމީރު ކަމާއި ހަވާލުވެވަޑައިގެންނެވީ 2006 ވަނަ އަހަރުއެވެ.

Saddened at the passing of Kuwait’s Emir HH Sheikh Sabah al-Ahmed al-Jaber al-Sabah. The world has lost a great reformer, diplomat and peacemaker. I extend our sympathies to Crown Prince Nawaf, the royal family and Kuwaiti people.
— Ibrahim Mohamed Solih (@ibusolih) September 29, 2020
إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ
ކުވެއިތުގެ އަމީރު އަވަހާރަވިއިރު އުމުރުފުޅަކީ 91 އަހަރެވެ. ޝައިހް ސަބާހު އާލާސްކަންފުޅާ އުޅުއްވާތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު، ސާޖަރީއަކާ ގުޅިގެން އިތުރު ފަރުވާ އަށް މިދިޔަ ޖުލައި މަހުގެ ތެރޭގައި އެމަނިކުފާނު ވަނީ ގައުމުން ބޭރަށް ވަޑައިގެންފައެވެ. ޝެއިހް ސަބާހް އަވަހާރަވީ އެމެރިކާގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުން ދަނިކޮށެވެ. ކުވައިތުގެ ފޮރިން މިނިސްޓަރުކަން 40 އަހަރަށްވުރެ ގިނަ ދުވަހު ކުރައްވާފައިވާ ޝައިހް ސަބާހް އަކީ މިހާރު ކުވެއިތުން ދެކެމުން އަންނަ އުމްރާނީ ތަރައްގީގެ ބާނީ އެވެ. ކުވެއިތުގެ ބޮޑުވަޒީރުކަން ވެސް ކުރެއްވި ސަބާހު އެގައުމުގެ އަމީރު ކަމާއި ހަވާލުވެވަޑައިގެންނެވީ 2006 ވަނަ އަހަރުއެވެ.
ކިޔުންތެރިންގެ ހިޔާލު