ސަރުކާރުން މުހިންމު އިސްކަމެއް ދީގެން، ކުރިއަށް އޮތް 2 އަހަރު ދުވަހު ކުރިއަށް ގެންދާނެ ކަންކަން ފާހަގަކޮށް ތައްޔާރުކޮށްފައިވާ "ޕޮލިސީ ޕްރަޔޮރިޓީ ލިސްޓް" އާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ، ސަރުކާރުގެ ސްޓްރެޓަޖިކް އެކްޝަން ޕްލޭން (އެސްއޭޕީ) 2019-2023 އާ ގުޅޭގޮތުން 25 އޮގަސްޓް 2020 ގައި ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމުގައި ކުރައްވާފައިވާ މަޝްވަރާތަކަށް ރިއާޔަތްކޮށް، ކޮވިޑް-19 ގެ ހާލަތާ ގުޅިގެން ސަރުކާރުން ކުރިއަށް ގެންދިއުމަށް ރާވާފައިވާ އެކި ކަންކަން ކުރިއަށް ގެންދިއުމަށް އެކިއެކި ގޮންޖެހުންތައް ހުރި ކަމަށެވެ.

އެގޮތުން މިހާރުގެ ހާލަތައް ރިޔާތްކޮށް ކުރިއަށް އޮތް 2 އަހަރު ސަރުކާރުން އެންމެ އިސްކަމެއް ދީގެން ކުރަން ހުރި ކަންކަން އަލުން ތަރުތީބު ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕޮލިސީ އޮފީހުން ތައްޔާރުކޮށްފައިވާ "ޕޮލިސީ ޕްރަޔޮރިޓީ ލިސްޓް" އާ ގުޅޭގޮތުން އަންގާރަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގައި ފުޅާ ދާއިރާގައި މަޝްވަރާ ކޮށްފައިވާ ކަމަށް ރައީސް އޮފީހުން ހާމަކުރެއެވެ.

ރައީސް އޮފީހުން ވިދާޅުވީ މި މަޝްވަރާތަކުގައި ހުރިހާ ސެކްޓަރުތަކުން ވެސް ކުރިއަށް އޮތް 2 އަހަރަށް އިސްކަންދީގެން ކުރާނެ ކަންތައްތައް ކަނޑައަޅާފައިވާ ކަމަށެވެ. އަދި ސަރުކާރުގެ އޮފީސްތަކުން މިކަންތައްތަކަށް އަމަލު ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން