ދިވެހި ދިދަ ބައިދަނޑިއަށް ނަގާފައި (ފައިލް ފޮޓޯ، މީސް މީޑިއާ) ކުވައިތިގެ އަމީރު އަވަހާރަވުމުގެ ހިތާމައިގައި މާދަމާއިން ފެށިގެން ތިންދުވަސް ވަންދެން ދިވެހި ދިދަ ހުންނާނީ ބައި ދަނޑީގައި
ދިވެހި ދިދަ ބައިދަނޑިއަށް ނަގާފައި (ފައިލް ފޮޓޯ، މީސް މީޑިއާ) ކުވައިތިގެ އަމީރު އަވަހާރަވުމުގެ ހިތާމައިގައި މާދަމާއިން ފެށިގެން ތިންދުވަސް ވަންދެން ދިވެހި ދިދަ ހުންނާނީ ބައި ދަނޑީގައި
ކުވޭތުގެ އަމީރު ޝައިހް ސަބާހު އަލް އަހުމަދު އަލް ސަބާހު މިއަދު އަވަހާރަވުމާ ގުޅިގެން އެކަމުގެ ހިތާމައިގައި ބައިވެރިވުމަށް ދިވެހި ދިދަ ބައި ދަނޑިއަށް ތިރިކުރަން ރައީސް އިބްރާހިމް މުހަންމަދު މިރޭ ނިންމަވައިފި އެވެ.

ސަރުކާރުން އެގޮތަށް ނިންމެވިކަން އިއުލާންކުރެއްވީ މިރޭ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައެވެ. ޝާހިދު ވިދާޅުވީ، އެކަމުގެ ހިތާމައިގައި ބައިވެރިވުމުގެ ގޮތުން މާދަމާ އިން ފެށިގެން ތިން ދުވަސް ވަންދެން ދިވެހި ދިދަ ބައި ދަނޑިއަށް ތިރިކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވާފައިވާ ކަމަށެވެ.



ކުވެއިތުގެ އަމީރު އަވަހާރަވުމާއި ގުޅިގެން ރައީސް ސޯލިހު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގެއްލިގެން ދިޔައީ ދުނިޔެ އަށް އިސްލާހީ ބޮޑެތި ބަދަލުތަކެއް ގެންނެވި ބޭފުޅެއް ކަމަށެވެ. އަދި ހާރިޖީ ކަންކަމުގައި އަރާ ހުންނެވި ބޭފުޅެއް ކަމަށާއި ކުވެއިތުގެ އަމީރަކީ ސުލްހައިގެ ކަންކަމުގައި މަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށް ރައީސް އިބްރާހިމް ވިދާޅުވިއެވެ. 

އުމުރުފުޅުން 91 އަހަރުގައި ޝައިހް ސަބާހް އަވަހާރަވީ އެމެރިކާގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުން ދަނިކޮށް މިއަދުގެ ވަގުތެއްގައެވެ. ކުވައިތުގެ ފޮރިން މިނިސްޓަރުކަން 40 އަހަރަށްވުރެ ގިނަ ދުވަހު ކުރައްވާފައިވާ ޝައިހް ސަބާހް އަކީ މިހާރު ކުވެއިތު ދެކެމުން އަންނަ އުމްރާނީ ތަރައްގީގެ ބާނީ އެވެ. ކުވެއިތުގެ ބޮޑުވަޒީރުކަން ވެސް ކުރެއްވި ސަބާހު އެގައުމުގެ އަމީރު ކަމާއި ހަވާލުވެވަޑައިގެންނެވީ 2006 ވަނަ އަހަރުއެވެ.

ޝައިޚް ސަބާޙްއަކީ މެދު އިރުމަތީގައި ހަމަޖެހުން ޤާއިމުކުރުމަށް މަސައްކަތްކުރެއްވި ވަރުގަދަ ލީޑަރެއްގެ ގޮތުގައި ފާހަގަކުރެވޭ ބޭފުޅެކެވެ. މެދުއިރުމަތީގެ ހަނގުރާމަތަކުގައި އަނިޔާލިބެމުންދާ ޢާއްމުންނާއި ކުޑަކުދިންގެ ޙައްގުތައް ޙިމާޔަތްކޮށްދެއްވުމަށާއި އެހީ ހޯއްދެވުމުގައި އެމަނިކުފާނަކީ ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން