ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް އިލެކްޝަން ކޮމިޝަނުން ގެންނަން ހުށަހަޅާފައިވާ އިސްލާހުތަކުން ދޭހަވެގެންދަނީ ޕާޓީތަކާއިމެދު ތަޙްޤީގު ހިންގައި ފިޔަވަޅު އެޅޭނެ މަގު ފަހިކުރުން ކަމުގައި ޖުމްހޫރީ ޕާޓީގެ އެޑްވައިޒަރ އިލްހާމް އަހުމަދު ވިދާޅުވެއްޖެ އެވެ.
ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް އިސްލާހު ހުށަހަޅާފައިވަނީ ވަކި ސިޔާސީ ޕާޓީއަކަށް ނުވަތަ ވަކި ސިޔާސީ ބޭފުޅުން ތަކަކަށް ފިޔަވަޅު އެޅުމުގެ ނިޔަތުގައި ނޫންކަމަށް އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވި ވިދާޅުވުމަށް ރައްދު ދެއްވަމުން އިލްހާމް ވިދާޅުވީ ޤާނޫނަށް ގެންނަ އިސްލާހުތަކުން ފެނިގެންދަނީ ސިޔާސީ ޕާޓީތަކާއިމެދު ބޮޑެތި ތަހުގީގްތައް ހިންގައި ފިޔަވަޅު އެޅުމަށް އިލެކްޝަން ކޮމިޝަނުން މަގު ކޮށަމުންދާ މަންޒަރުކަމަށެވެ.
ސިޔާސީ ޕާޓީތައް ހިންގުމުގައި މިހާރު ހުރި މިނިވަންކަމުގެ މާހައުލު ނިގުޅައިގަނެ އިލެކްޝަން ކޮމިޝަނުން ދޭ ވަކި ހުދޫދެއްގެ ތެރޭގައި ތިބެވޭނެ ގޮތަކަށް ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހަކީ ސިޔާސީ ޕާޓީތައް ހިންގުމަށްވެސް އެޅޭނެ ހުރަހެއް ކަމުގައި އިލްހާމް ވިދާޅުވިއެވެ. އަދި މިއީ ސިޔާސީ ޕާޓީތައް ހިންގުމަށާއި، ޕާޓީތަކުގެ މަސައްކަތް ކުރުމަށް އެޅޭނެ ހުރަހަކަށް ވެގެންދާނޭ ކަމުގައި އިލްހާމް ވިދާޅުވި އެވެ.
"ސިޔާސީ ޕާޓީ ތަކުގެ ޤާނޫނަށް އިލެކްޝަން ކޮމިޝަނުން ގެންނަން ބޭނުންވާ އިސްލާހުތައް އަޅުގަނޑުވެސް ބަލައިފިން. ފާހަގަ ކުރެވުނު ކަންތައްތަކަކީ، ނުކަތާ ވަރަށް ޖޫރިމަނާ އިތުރުކުރުން. ފިޔަވަޅު އެޅޭނެ ގޮތް ރޭވުން. ތަހުޤީގު ކުރެވޭނެ މަގު ފަހިކުރުން." 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރަށްވާފައިވާ އިލްހާމް ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ، ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް އިސްލާޙު ގެނައުމުގެ މަސައްކަތަކީ ވަކި ބަޔަކު ޕްރެޝަރކޮށްގެން ނުވަތަ އަންގައިގެން ކުރާ މަސައްކަތެއް ނޫންކަމަށެވެ. މިއީ ސިޔާސީ ޕާޓީތައް ޒިންމާދާރުކަމާއެކު ހަރަކާތްތެރިވުމަށާއި، ޕާޓީތަކުގެ ހިންގުން ހަރުދަނާކުރުމުގެގޮތުން އެ ކޮމިޝަނުގެ އަމިއްލަ އިސްނެގުމަށް ކުރާ މަސައްކަތެއްކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ، ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް އިސްލާޙު ގެނައުމުގެ މަސައްކަތް 2019 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކުރިންވެސް އެ ކޮމިޝަނުން ފަށާފައިވާކަމަށެވެ. އެގޮތުން ޤާނޫނަށް ގެންނަން ފެންނަ އިސްލާޙުތައް ލިޔުމުން ހުށަހެޅުމަށް ސިޔާސީ ޕާޓީތަކަށް މީގެ ކުރިންވެސް އެ ކޮމިޝަނުން ފުރުޞަތުދީފައިވާނެކަމަށް އޭނާ ވިދާޅުވިއެވެ.
ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް ގެންނަ އިސްލާހުތަކާއި ގުޅޭގޮތުން ބުދަ ދުވަހު ފަހު ބައްދަލުވުން ކުރިޔަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމުގައި ޕާޓީތަކަށް ދައުލަތުން ދޭ ފައިސާގެ އެހީ ބަހާނެ ގޮތްތަކާއި އަދި ޕާޓީތަކާ ދޭތެރޭގައި ޤާނޫނާއި ގަވާއިދާ ޚިލާފުވުމުން އަޅާނެ ފިޔަވަޅުތަކާއި ގުޅޭގޮތުން މަޝްވަރާތައް ކުރިޔަށްދާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު