އަހުމަދު މަސްނޫމް   30 ސެޕްޓެމްބަރު 2020 - 15:27
ކައުންސިލް އިދާރާތަކުގެ އިދާރީ އޮނިގަނޑުގައި ހުރި ހުސް މަޤާމުތަކަށް މުވައްޒަފުން ނެގުމާއި، އިދާރާތަކަށް އައު މަޤާމު އުފައްދައިދިނުން ވަގުތީ ގޮތުން މަޑުޖައްސާލުމަށް އަންގާފައިވާ އެންގުން ނިމުމަކަށް ގެނެސް މަޤާމުތަކަށް މުވައްޒިފުން ނެގޭގޮތް ހަދައިފިއެވެ.

ސިވިލްސާވިސް ކޮމިޝަނުން ބުނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުން ކަށަވަރުކުރުމުގެ ޚާއްޞަ ޤާނޫނުގެ ދަށުން ލޯކަލް ގަވަރމަންޓް އޮތޯރިޓީން ހޯދަންޖެހޭ ހުއްދައާއި މާލިއްޔަތާބެހޭ ސަރކިއުލަރގެ ދަށުން މިނިސްޓްރީ އޮފް ފިނޭންސުން ހޯދަންޖެހޭ ހުއްދަ ހޯދުމަށް ފަހު، ކައުންސިލްގެ އިދާރާތަކުގެ މަޤާމުތަކަށް މުވައްޒަފުން ހޯދުމުގެ މަސައްކަތް "ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަންކުރުމުގެ މިންގަނޑުތަކާއި ޢުޞޫލުތަކާ" އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށް ގެންދެވުމަށް ކައުންސިލްތަކަށް ދަންނަވާފައިވާކަމަށެވެ.

ކައުންސިލް އިދާރާތަކުގެ އިދާރީ އޮނިގަނޑުގައިވާ ހުސް މަޤާމުތަކަށް މުވައްޒަފުން ނެގުން ވަގުތީގޮތުން މަޑުޖައްސާލާފައިވަނީ މިއަހަރުގެ ފެބުރުއަރީ މަހުގެ 6 ވަނަ ދުވަހުގައެވެ. މުވައްޒިފުން ނެގުން މަޑުޖައްސާލާފައިވަނީ ކައުންސިލްތަކުގެ އިދާރީ ހިންގުން ހައިބްރިޑް މޮޑެލްއަށް ބަދަލުކުރުމާ ގުޅޭ މަސައްކަތް ލޯކަލް ގަވަރމަންޓް އޮތޯރިޓީއާއި ސީއެސްސީއާއި ގުޅިގެން ކުރިއަށްގެންދިއުމަށެވެ.

އަދި ކައުންސިލް އިދާރާތަކުގެ އިދާރީ އޮނިގަނޑުތައް ރިވިއުކުރުމުގެ މަސައްކަތްވެސް ސީއެއެސްސީން ވަނީ މިމުއްދަތުގެ ތެރޭގައި ކޮށްފައެވެ. ނަމަވެސް، ކައުންސިލްގެ އިދާރާތަކުން ފޯރުކޮށްދެމުންދާ ޚިދުމަތްތައް މެދުނުކެނޑި ކުރިޔަށްގެންދިޔުމަށް ކޮންމެހެން ބޭނުންވާ މަގާމުތަކަށް މީހުން ހޯދުން ކޮމިޝަނުގެ ހުއްދައާއެކު ކުރިއަށް ގެންދިއުމަށް އޭރުވެސް ވަނީ ހުއްދަ ދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން