ރޭގެ މެޗް ކާމިޔާބު ކުރުމަށްފަހު ޓޮޓެންހަމްގެ ކުޅުންތެރިން އުފާފާޅު ކުރަނީ
ރޭގެ މެޗް ކާމިޔާބު ކުރުމަށްފަހު ޓޮޓެންހަމްގެ ކުޅުންތެރިން އުފާފާޅު ކުރަނީ
އިނގިރޭސި ލީގު ކަޕްގެ ހަތަރުވަނަ ބުރުގައި ރޭ ޓޮޓެންހަމް އާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ ޗެލްސީ މުބާރާތުން ކަޓައިފި އެވެ.

ރޭގެ މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ޗެލްސީންނެވެ. މި ލަނޑު މެޗުގެ 19 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ ޓީމޯ ވާނާ އެވެ. މެޗުގައި ޓޮޓެންހަމަށް ނަތީޖާ ހަމަހަމަކޮށްދިން ލަނޑު ޖަހައިފައިވަނީ މެޗު ނިމެން ހަތް މިނެޓަށް ވެފައި ވަނިކޮށް އާޖެންޓީނާގެ ފޯވާޑް އެރިކް ލަމޭލާ އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 1-1 އިން އެއްވަރުވެފައި އޮތުމުގެ ސަބަބުން ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ.

ޕެނަލްޓީގައި ޓޮޓެންހަމުން ފޮނުވާލި ފަސް ޕެނަލްޓީ ވެސް ކާމިޔާބުކުރި އެވެ. އެ ޓީމުގެ ޕެނަލްޓީތައް ޖެހީ ޑަޔާ، ލަމޭލާ، މޯރާ، ޕިއެރޭ އެމީލް ހޮއިބިއޭ އަދި ކޭން އެވެ. ޗެލްސީން ޓެމީ އަބްރަހަމް، ޖޯޖީނިއޯ، އަޒްޕްލިއަސެޓާ އަދި އެމަސަން ޕެނަލްޓީ ކާމިޔާބުކޮށްފައިވަނިކޮށް އެ ޓީމު ބަލިވީ ފަސް ވަނަ ޕެނަލްޓީ މޭސަން މައުންޓް ޖެހި ޕެނަލްޓީ ގޯލާ ސީދާނުވެ ބޭރަށް ދިއުމުންނެވެ،


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން