އެކަނިވެރި މައިންނާއި ބަފައިންނަށް އެލަވަންސް ދޭ އުސޫލަށް ބުރާސްފަތި ދުވަހު ގެނައި ބަދަލަށް ހުކުރު ދުވަހު ބަދަލު ގެނެސްފިއެވެ.
މި ސަރުކާރުން ސިޔާސަތުތަކަށް ބަދަލު ގެންނަނީ ރޭވުންތެރިކަމެއް ނެތި ކަމަށް ބުނާ އަޑު ގަދަވެފައި ވަނިކޮށް ސަރުކާރުން ވަނީ، އެކަނިވެރި ބެލެނިވެރިންނަށް ދޭ އެލަވަންސް 15،000 ރުފިޔާ އާ ހަމައަށް ބުރާސްފަތި ދުވަހު ބޮޑުކޮށްފައެވެ. ނަމަވެސް ހުކުރު ދުވަހުވަނީ އެ އިނާޔަތް ދެވޭ އަދަދު 12،000 ރުފިޔާއަށް އަށް ކުޑަކޮށްފައެވެ.
އެކަނިވެރި މައިންނާއި ބަފައިންނަށް މިހާތަނަށް އިނާޔަތުގެ ގޮތުގައި ދެމުން އައީ އެއް ކުއްޖަކު ހުންނަ ނަމަ މަހެއް މައްްޗަށް 2،000 ރުފިޔާއެވެ. އަދި އިތުރުވާ ކޮންމެ ކުއްޖަކަށް 1،000 ރުފިޔާ އިތުރުވާއިރު، އެންމެ ގިނަވެގެން ދެމުން އައީ މަހެއްގެ މައްޗަށް 10،000 ރުފިޔާއެވެ.
ނަމަވެސް ބުރާސްފަތި ދުވަހު ގެނައި އިސްލާޙުގައި މަހެއްގެ މައްޗަށް ހަތަރު ކުދިންނާއި ހަމައަށް ކޮންމެ ކުއްޖަކަށް ދެމުން އައި އިނާޔަތް ވަނީ 3،000 ރުފިޔާ އަށް ބޮޑުކޮށްފަ އެވެ. ހަތަރަކަށްވުރެ ގިނަ ކުދިން ތިބި ބެލެނިވެރިއެއްނަމަ އިތުރުވާ ކޮންމެ ކުއްޖަކަށް ދޭނީ 1،000 ރުފިޔާއެވެ.
ބުރާސްފަތި ދުވަހުގެ އިސްލާހަށް ހުކުރު ދުވަހު ގެނައި އިސްލާހުގައި ވަނީ، ހަތަރު ކުދިންނަށްވުރެ ގިނަ ކުދިން ތިބި ނަމަވެސް އިތުރު ފައިސާއެއް ނުލިބޭނެ ކަމަށެވެ. އެހެންކަމުން ދެން އެންމެ ގިނަވެގެން މަހެއްގެ މައްޗަށް ލިބޭނީ 12000 ރުފިޔާއެވެ. އަދި އަހަރަކަށް އެންމެ ގިނަވެގެން ދެވޭނީ 144،000 ރުފިޔާއެވެ.
އެކަނިވެރި މައިންނާއި ބަފައިންގެ އެލަވަންސް ލިބޭ 5000 އަށްވުރެ ގިނަ މީހުން ރާއްޖޭގައި ތިބިކަމަށް އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކައެވެ. ހުކުރު ދުވަހު ގެނައި މިއިސްލާހަށް އަމަލުކުރާނީ އަންނަ އަހަރުން ފެށިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު