ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗް.އާރު.ސީ.އެމް) އާ ގުޅޭގޮތުން މީޑިއާގައި ދައުރުވަމުންދާ ޙަޤީޤަތާ ޚިލާފު ވާހަކަތަކަކާ ގުޅިގެން، އެ ކޮމިޝަނުން އެކަމަށް ރަސްމީކޮށް ރައްދު ދީފިއެވެ.
އެޗް.އާރު.ސީ.އެމް އިން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ކޮމިޝަނުން ކުރިއަށް ގެންގޮސްފައިވާ އެއްވެސް ދިރާސާއެއްގައި، އިސްލާމްދީން ނޫން އެހެން ދީންތައް ދިވެހިރާއްޖޭގައި އޮންނަން ފެނޭތޯ ސުވާލެއް ހިމަނާފައި ނުވާނެ ކަމަށެވެ. އަދި މިފަދަ ވާހަކަތަކަކީ ހަޤީޤަތާ ޚިލާފު ވާހަކަތަކެއް ކަމަށް އެ ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ.
އެ ކޮމިޝަނުގެ މަސައްކަތްތައް ބިނާކުރެވި ހިނގަމުންދާނީ އަބަދުވެސް އިސްލާމީ ޝަރީޢަތާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އަދި ޤާނޫނުތަކުގެ އިތުރުން، ދިވެހިރާއްޖެއިން ސޮއިކޮށް އަމަލުކުރުމަށް ދިވެހި ދައުލަތުން އެއްބަސްވެ ޤަރާރުވެފައިވާ މުޢާހަދާތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށްވެސް އެޗްއާރުސީއެމްގެ ބަޔާނުގައިވެއެވެ.
އަދި އެކަންކަމާ ޚިލާފުވާ އެއްވެސް ކަމެއް ހުއްދަ ކުރުމަށް ނުވަތަ އެފަދަ ކަމަކަށް ހިތްވަރު ލިބޭނެ އެއްވެސް ވާހަކައެއް އެ ކޮމިޝަނުގެ ފަރާތުން ބަޔާންކޮށްފައި ނުވާނެ ކަމުގެ ޔަޤީންކަން އެ ކޮމިޝަނުން ވަނީ ދިވެހި ރައްޔިތުންނަށް އަރުވާފައެވެ.
ހަމައެއާއެކު ހުރިހާ ވަގުތަކާއި ހުރިހާ ކަމެއްގައި އިސްކުރާނީ އިސްލާމީ ޝަރީޢަތާއި އިސްލާމް ދީނުގެ ހަމަތަކާއި ދިވެހި ރައްޔިތުންނާއި ދިވެހި ދައުލަތުގެ މަސްލަޙަތުތައްކަން ކޮމިޝަނުން ވަނީ ޔަޤީންކޮށް ދީފައެވެ.
އޭގެއިތުރަށް އެޗްއާރުސީއެމްގެ ބަޔާނުގައި ވަނީ، ހަޤީގަތާ ޚިލާފް ވާހަކަތަކާއި، މާނަ އޮޅޭގޮތަށް ދައްކާ ދޮގު ވާހަކަތަކުގެ ނިކަމެތިކަން ދިވެހިރައްޔިތުންނަށް ލިބުމަށް ނޭދޭކަމަށްވެސް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު