އެމެރިކާއަށް ޖާސޫސުކޮށްދިން ރަޝިޔާގެ ޑިޕްލޮމެޓެއް 12 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފިއެވެ.
ރަޝިޔާގެ ވެރިރަށް ކަމުގައިވާ މޮސްކޯގެ ކޯޓަކުން ވަނީ އާސެނީ ކޮނޮވަލޮވް ނަމަކަށް ކިޔުނު 38 އަހަރުގެ ޑިޕްލޮމެޓް، 12 އަހަރަށް މެކްސިމަމް ސެކިއުރިޓީ ޖަލަކަށް ލާން ހުކުމް ކޮށްފައެވެ. މި ހުކުމް އޭނާގެ މައްޗަށް ކޮށްފައި ވަނީ ގައުމަށް ހިޔާނާތްތެރިވި ކުށުގައެވެ.
ކޮނޮވަލޮވް ރަޝިޔާއަށް ޚިޔާނާތްތެރިވިކަން ހާމަކުރަމުން އެ ގައުމުގެ އިންޓެލިޖެންސް އިދާރާ ކަމުގައިވާ އެފްއެސްބީއިން ބުނީ ރަޝިޔާގެ ޚާރިޖީ ވުޒާރާގައި މަސައްކަތް ކުރަމުން ދިޔައިރު ކޮނޮވަލޮވް އެމެރިކާއަށް ކުރި ރަސްމީ ދަތުރެއްގައި ރަޝިޔާގެ ސިއްރުތައް އެ ގައުމަށް ފޯރުކޮށްދީފައިވާ ކަމަށެވެ.
އަދި އޭނާ މިކަން ކުރީ މައުލޫމާތުގެ ބަދަލަށް ފައިސާ ދޭ ގޮތަށް އެއްބަސްވެގެންކަން ތަހުގީގަށް ހާމަވެފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ.
އެފްއެސްބީއިން އެންމެ ފުރަތަމަ ކޮނޮވަލޮވް ހައްޔަރުކުރީ 2024 ވަނަ އަހަރުގެ މާރޗް މަހުގައެވެ. އޭނާ ހައްޔަރުކުރި އިރުގެ ވީޑިއޯތައް އޭރު ވަނީ ސޯޝަލް މީޑިއާގައި ދައުރު ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު