މިހާރުގެ ސަރުކާރުން ބިމުގެ އަޑިން ވައްކަން ކުރަމުންދާ ކަމަށް ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.
ޕީއެންއެފް އިން ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން، މަލީހް ވިދާޅުވީ ކުރީ ސަރުކާރުން "ފެނުން މަތިން" ވައްކަންކޮށް ގައުމު ހުސްކޮށްލާފައިވާއިރު، މި ސަރުކާރުން މިހާރު ދަނީ ރަށްރަށާއި ރިސޯޓްތަކުގެ ކައިރިން، ވަކިން ހާއްސަކޮށް ކ. ގުޅީގެ އުރަފަށުން ނިޒާމީ ގޮތެއްގައި ވެލި ނަގައިގެން ބޮޑެތި "ޖަރީމާތަކެއް" ހިންގަމުން ކަމަށެވެ.
އަދި މިކަމުގެ ސަބަބުން ރަށްރަށުގެ ގުދުރަތީ ރީތިކަން ގެއްލި، ފަތުރުވެރިންގެ މެދުގައި ރާއްޖޭގެ ތަަަސައްވުރު ކިލަނބުވެ، ދުރު މުސްތަގުބަލުގައި ފަތުރުވެރިކަމަށް އިންތިހާއަށް ގެއްލުންވާނެ ކަމަށް އޭނާ އިންޒާރު ދެއްވިއެވެ.
މީގެއިތުރުން، ތިމާވެއްޓާއި އިގްތިސާދާ ގުޅުންހުރި ވަޒީރުން މިކަމުގައި ހަނު ތިއްބަވާތީ ސުވާލު އުފައްދަވަމުން، ރަށްރަށުގެ ކައިރިން ވެލި ނަގަނީ ކޮންކަހަލަ ތިމާވެށީގެ އެސެސްމެންޓެއް ހައްދަވައިގެންތޯ މަލީހް ވަނީ ސަރުކާރާ ސުވާލު ކުރަށްވާފައެވެ.
ހަމައެއާއެކު މަލީޙް ވަނީ، ދަންވަރު ގަޑީގައި ރަށު ފަޅުން ވެލި ނަގައި ހުސްކޮށްލުން ހުއްޓުވުމަށްޓަކައި ރަށް ވަށައިގެން ސެކިއުރިޓީ ބަލަހައްޓަން ޖެހިފައިވާ ކަމަށްވެސް ވިދާޅުވެފައެވެ. އަދި ފަތުރުވެރިކަމަށާއި ތިމާވެއްޓަށް ގެއްލުން ނުވާނެހެން، ރަށްރަށާ ދުރު ސަރަހައްދުތަކުން ވެލި ނެގޭނެ އިންތިޒާމެއް ހަމަޖެއްސުމަށް މަލީޙް ވަނީ ގޮވާލައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު