ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު
ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު
ބާރުގެ ބޭނުން ކުުރުމުގައި ފުލުހުން އަނިޔާވެރި ނުވުމަށާއި ފުލުުހުންނަށްވެސް އެހެން ފަރާތްތަކުން އަނިޔާވެރި ނުވުމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ގޮވާލައްވައިފި އެވެ.

ބައިނަލްއަގުވާމީ އަނިޔާ އާ ދެކޮޅު ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖްގައި ކޮމިޝަނަރ އޮފް ޕޮލިސް މުހަންމަދު ހަމީދު ވިދާޅުވީ ރައްޔިތުންގެ ރައްކާތެރި ކަމަށް އަދި އަމާން މުޖްތަމައެއް ގާއިމް ކުރުމަށް ގާނޫނުން ބާރު ލިބިގެން "ފިޒިކަލް ފޯސް" ބޭނުންކުރާ އެއް ބަޔަކީ ފުލުހުން ކަމަށެވެ. އަދި ފުލުހުންނަށް ލިބިދޭ ގާނޫނީ ބާރު ބޭނުން ކުުރުމުގައި އަނިޔާވެރި ނުވުމަށް ސީޕީ އިލްތިމާސް ކުރެއްވިއެވެ.

މީގެ އިތުރުން ފުލުހުންނަށްވެސް އެހެން ފަރާތްތަކުންް އަނިޔާވެރިނުވުމަށް ކޮމިޝަނަރ ވަނީ އިލްތިމާސް ކުރަށްވާފައެވެ. ބައެއް އެއްވުންތަކާއި މުޒާހަރާތައް އަދި އިހުތިޖާޖުތަކާއި ބައެއް އޮޕަރޭޝަންތަކުގައި ފުލުހުން ބާރުގެ ބޭނުން ނަހަމަ ގޮތުގައި ކުރާ މައްސަލަތައް ފެންމަތިވެފައިވެއެވެ. އެގޮތަށް ބާރުގެ ބޭނުން ކުރުމުގެ ސަބަބުން އެތަށް ބަޔަކަށް އަނިޔާވެސްވެފައިވެއެވެ. އަދި ބައެއް އެއްވުންތަކާއި މުޒާހަރާތައް އަދި އިހުތިޖާޖުތަކުގައި ފުލުހުންނަށް ބޮޑެތި އަނިޔާތައް ލިބޭ ގޮތަށްވެސް މުޒާހަރާތަކުގައި ބައިވެރިވާ އާންމުން ވެސް އަމަލު ކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން