އަހުމަދު މުޢިއްޒު (ފޮޓޯ- ސޯޝަލް މީޑިއާ)
އަހުމަދު މުޢިއްޒު (ފޮޓޯ- ސޯޝަލް މީޑިއާ)
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ހޯދޭނީ ދޭދޭ ގައުމުތަކާއެކު ގާނޫނީ ގޮތުން އެހީތެރިކަން ހޯދޭނެ މުއާހަދާތައް ގާއިމު ކޮށްގެން ކަމަށް ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އަހުމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ތަޖުރިބާކާރު ގާނޫނީ ވަކީލު އަހުމަދު މުއިއްޒު މިރޭ ކުރެއްވި ޓުވީޓެެއްގައި ވިދާޅުވީ، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ހޯދޭނީ ދޭދޭ ގައުމުތަކާއެކު ގާނޫނީ އެހީތެރިކަން ހޯދޭނެ މުއާހަދާތަކެއްގައި ސޮއިކޮށްގެން ކަމަށެވެ.

"އަދި ބައިނަލް އަގުއާމީ ގޮތުން ޚާއްސަ މަސައްކަތްތަކެއް ކުރެވިގެން" ކުރީގެ ޕީޖީ އަހުމަދު މުއިއްޒު ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީ މައްސަލަ އާއި ގުޅިގެން ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާ އަށްވެސް  އޭނާ މިއަދު ވަނީ އިއުތިރާފުވެ އެ ފައިސާ ބެހިގޮތުގެ ތަފްސީލްތައް މިއަދު ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ދެއްވާފައެވެ. އެމްއެމްޕީއާރުސީން މުއާމަލާތްތައް ހިންގަމުން ދިޔައީ އޭރުގެ ރައީސް އަބްދުﷲ ޔާމީނަށް އެނގިވަޑައިގެން އެމަނިކުފާނުގެ އިރުޝާދުގެ ދަށުން ކަން ފާހަގަކުރަށްވައި އޭރު އެކަންކަން ކުރަން ފެށީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކެމްޕެއިނަށް ފައިސާ ހޯދުމަށް ކަމަށް އަދީބު ވިދާޅުވިއެވެ.

އަދި އެމްއެމްޕީއާރުސީން ލިބުނު ފައިސާތައް ރައީސް ޔާމީނާއި މަޖިލީހާއި ކޯޓުތަކާއި މިނިވަން މުއައްސަސާތަކުގެ މެމްބަރުންނަށް ހޭދަކުރި ކަމަށް ވިދާޅުވެ އެކަމުގެ ބައެއް ތަފްސީލްތައް މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި އަދީބު ވަނީ ހާމަކުރައްވާފައެވެ.

"މިއީ  ކުރީގެ ސަރުކާރުން ވަކި ގޮތަކަށް ރާވައިގެން ވަކި އިންތިޒާމެއްގެ ދަށުން ވަކި ސްކޭމެއްގެ ދަށުން ހިންގާފައިވާ ކަމެއް މިއީ." އަދީބު ވިދާޅުވި އެވެ.

އެންމެ ފުރަތަމަ، އެމްއެމްޕީއާރުގެ ހިޔާނާތާއި ކޮރަޕްޝަންުގެ އަމަލުތައް ހިންގީ 2014 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް، އެމްޕީއެލުން 77 މިލިއަން ރުފިޔާއާއި އެމްޓީޑީސީން ނެގި އެއް މިލިއަން ޑޮލަރާ ހަމައިން ކަމަށް ވެސް އަދީބު ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީން ކުއްޔަށް ދޫކުރި ރަށްތަށް ކުއްޔަށް ދޫކުރުމުގައި އަމަލުކޮށްފައިވަނީ ރައީސް އޮފީހުން އަންގާ ގޮތެއްގެ މަތިން ކަމަށް އަދީބު ވިދާޅުވިއެވެ. އަދި އޭނާ އަމިއްލައަށް އެއްވެސް ރަށެއް ވިއްކާ ފައިސާ ނަގާފައި ނުވާނެ ކަމަށާއި، އެހުރިހާ މުއާލަމާތްތަކެއް ހިންގަމުންދިޔައީ ރައީސް އޮފީހުން އަންގާ ގޮތެއްގެ މަތިން ކަމަށް އަދީބު ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން