ހުޅުމާލޭ ޖަސްޓިސް ބިލްޑިންގ އެނެކްސް
ހުޅުމާލޭ ޖަސްޓިސް ބިލްޑިންގ އެނެކްސް
މާލޭގައި ދެބެންގެ ދެމެދުގައި މިދިޔަ ހޯމަ ދުވަހުގެރޭ ހިންގި މާރާމާރީގައި ތޫނު އެއްޗަކުން ކޮއްކޮ އަށް ހަމަލާދީ ޒަޚަމްކޮށްލި ބޭބެ 30 ދުވަހަށް ބަންދު ކޮށްފިއެވެ.

ފުލުހުން ބުނީ، މާލޭގެ ގެއެއްގައި ދެބެންގެ ދެމެދުގައި ހިންގި ހަމަނުޖެހުމެއްގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަޚަމްކޮށްލާފައިވާ ކަމުގެ މައުލޫމާތު ހޯމަ ދުވަހުގެރޭ 6:42 ހާއިރު އެ އިދާރާއަށް ލިބުނު ކަމަށެވެ. ދެބޭންގެ ދެމެދުގައި ހިނގި މި މާރާމާރީގައި ޒަޚަމްވި ކޮއްކޮއަށް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ.

ފުލުހުން ބުނީ، އެ މައްސަލައާއި ގުޅިގެން 28 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އެމީހާގެ ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ގެންދިއުމުން ބުނެފައިވަނީ، ވަޅިން ހަމަލާދިނީ ނަފްސާނީ ބަލި ހުންނަ ކޮއްކޮއަށް ކަމަށާއި، ކޮއްކޮގެ ފަރާތުން އޭނާއަށް ލިބޭ އަނިޔާތައް ރިޕޯޓް ކުރުމުންވެސް އެއްވެސް އިދާރާއަކުން ނުބަލާ ކަމަށެވެ.

ކޯޓުގެ ބަންދު މަޖިލީހުގައި ފުލުހުން ބުނެފައިވަނީ، މި ބާވަތުގެ މައްސަލައެއް މިއަހަރުގެ އޮކްޓޫބަރު މަހު ވެސް ހިންގާފައިވާއިރު އެ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާ އުފުލާފައިވާ ކަމަށާއި، ކޮއްކޮއަށް ޙަމަލާދިން ބޭބެގެ ބަންދު ރެކޯޑް އޮންނަ ކަމަށެވެ. އެހެންކަމުން ކޯޓުން ނިންމީ އެމީހާ 30 ދުވަހަށް ބަންދު ކުރުމަށެވެ.



ކިޔުންތެރިންގެ ހިޔާލު