ކާނިވާ ސަރަހައްދުގައި ހުންނަ ކެފޭއެއް
ކާނިވާ ސަރަހައްދުގައި ހުންނަ ކެފޭއެއް
ކޮވިޑް-19އިން ރައްކާތެރިވުމަށް ރެސްޓޯރަންޓްތަކާއި ފިހާރަ އަދި ހިދުމަތް ދޭ ތަންތަނުން އަމަލު ކުރުމަށް، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައިވާ ގައިޑްލައިނަށް ފެތޭ ކަމަށް ބުނެ އެ އެޖެންސީގެ ފޭކް ސްޓިކާއެއް ބައެއް ތަންތަނުގައި  ޖަހަމުންދާ ކަމަށް ތަރުޖަމާނު، ޑރ. ނަޒްލާ ރަފީގް ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީ އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ތަރުޖަމާނު ޑރ.ނަޒްލާ ރަފީގް ވިދާޅުވީ، އެޗްޕީއޭ އިން ބައެއް ތަންތަން އިންސްޕެކްޓް ކުރަން ދިޔައިރު އެޗްޕީއޭގެ ފޭކް ސްޓިކާ އާއި ލިޔުން ހަރުކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެކަން އެގުނީ ސްޓިކާ ޖަހާފައިވާ ހުރިހާ ތަނެއްގެ ތަފްސީލު އެޗްއީއޭއޯގައި ހުރުމުން ކަމަށް ނަޒްލާ ވިދާޅުވިއެވެ.

"ދެން އެހެން ނެތް ދެ ތަނެއްގައި ސްޓިކާ ޖަހާފައި ހުރުމުން މި އެނގުނީ." ނަޒްލާ ވިދާޅުވި އެވެ.

ގައިޑްލައިނާ އެއްގޮތަށް އެ ތަންތަނުން ހިދުމަތް ދިން ނަމަވެސް، ދޫނުކުރާ ލިޔުމެއް ބޭނުން ކުރުމުން ފިޔަވަޅު އަޅާފައިވާ ކަމަށް ނަޒްލާ ވިދާޅުވިއެވެ. އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް އަމަލު ކުރޭތޯ ބެލުމަށް، އެޗްއީއޭއޯގެ ޓީމުތަކުން ހިދުމަތް ދޭ ތަންތަން ގަވައިދުން އަންނަނީ ޗެކްކުރަމުންނެވެ. ޑރ. ނަޒްލާ ވިދާޅުވީ މި ގޮތަށް ޓީމު ތަކުން ދާއިރު، އެ ތަންތަނުން އަމަލު ކުރަނީ ވަރަށް ރަނގަޅަށް، ގަވާއިދާ އެއްގޮތަށް ކަމަށާއި އެގޮތުން، ފިހާރަ ފަދަ ތަންތަނުގައި، އެތެރެއަށް ވަދެވޭނެ މީހުންގެ އަދަދު ވެސް ދޮރުގައި ހަރުކޮށްފައި ހުންނަ ކަން ފާހަގަކުރެވޭ ކަމަށެވެ.

އެކަމަކު، ގައިޑްލައިނަށް ފެތޭ ކަމަށް ނިންމައި، ސްޓިކާ ދިނުމާއެކު ގަވައިދާ ހިލާފަށް އަމަލު ކުރާކަން ފާހަގަ ވެފައިވާ ކަމަށް ނަޒްލާ ވަނީ ވިދާޅުވެފައެވެ. ގައިޑްލައިންތައް ތައްޔާރުކޮށްފައި ހުންނަނީ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް ކަން ފާހަގަކުރައްވައި ނަޒްލާ ވަނީ އެކަންކަމަށް ސަމާލުވުމަށް ހުރިހާ ފަރާތްތަކަށް އިލްތިމާސްކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން