ވެނެޒުއޭލާގެ ވެރިކަން ހިންގާނީ އެމެރިކާއިން ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާނުކޮށްފިއެވެ.
ވެނެޒުއޭލާގެ ކަންކަން ކުރިއަށް އޮތް ތަނުގައި ބަލަހައްޓާނީ އެމެރިކާއިން ކަމަށް ވިދާޅުވަމުން، ހޮނިހިރު ދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރަމްޕް ވަނީ އެ ގައުމުގެ ތެލުގެ ބޮޑު ރިޒާވް އެމެރިކާގެ ބާރުގެ ދަށަށް ގެނައުމަކީ އިގްތިސާދީ ގޮތުން ލިބޭނެ ބޮޑު ކުރިއެރުމެއްކަން ފާހަގަކުރައްވާފައެވެ.
މި ހަމަނުޖެހުންތަކުގެ ތެރެއިން އެމެރިކާއިން ވެނެޒުއޭލާގެ އަސްކަރީ މަރުކަޒުތަކަށް މިއަދު ހަމަލާ ދީފައިވާއިރު، ރައީސް މަޑޫރޯ އާއި އޭނާގެ އަނބިކަނބަލުން އަތުލައިގަނެގެން ގައުމުން ބޭރަށް ގެންގޮސްފައިވާ ކަމަށް ޓްރަމްޕް ވަނީ "ޓްރަތު ސޯޝަލް" މެދުވެރިކޮށް އިއުލާނު ކުރައްވާފައެވެ.
މި ހާދިސާތަކާ ގުޅިގެން ދުނިޔޭގެ މަސްރަހުގައި ބޮޑު ކަންބޮޑުވުމެއް އުފެދިފައިވާއިރު، މިނިވަން ދައުލަތެއްގެ ދާޚިލީ ކަންކަމަށް ނުފޫޒު ފޯރުވާ ކަމަށް ބުނެ ޓްރަމްޕަށް ވަނީ ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައެވެ. ވެނެޒުއޭލާއަކީ ދުނިޔޭގެ ހަކަތައިގެ ބާޒާރުގައި މުހިންމު ދައުރެއް އަދާކުރާ، ތެލުގެ މުއްސަނދި ގައުމަކަށް ވުމުން، އެ ގައުމުގެ ސިޔާސީ ހަމަޖެހުމަށް އަންނަ ކޮންމެ ބަދަލަކީ މުޅި ދުނިޔެއަށް އޭގެ އަސަރު ކުރާނެ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު